ކައިވެންޏަށްފަހު ނިކުޔަންކާ އެނބުރި ދިއްލީ އަށް!

މި މަހުގެ އެއްވަނަ ދުވަހު ޖޯދުޕޫރުގައި ބޭއްވި ބޮޑު ކައިވެނީގެ ހަފުލާއަށްފަހު ޕްރިޔަންކާ ޗޯޕުރާ އާއި ނިކު ޖޯނަސް އެނބުރި ދިއްލީއަށް ގޮސްފި އެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، އެ ދެ ތަރިންގެ ކައިވެނީގެ އުފަލުގައި ވަރަށް ހާއްސަ ރިސެޕްޝަނެއް ދިއްލީގައިވެސް ބޭއްވުމަސް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އެ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ދިއްލީގައި ހުންނަ ފައިވް ސްޓާ ހޮޓަލެއްގައި ކަމަށްވެސް ހަބަރުތައް ބުނެ އެވެ. އަދި އެ ރިސެޕްޝަންގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އަދި އިންޑިއާގެ ޕުރައިމް މިނިސްޓަރާއި އިތުރު އެހެން ވީވީއައިޕީ މެހުމާނުންވެސް އެ ރިސެޕްޝަންގައި ބައިވެރި ވާނެ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.