ކޮލެސްޓްރޯލް މަތިވުން ކަމުގައި ބަލާނެ މިންގަނޑު

އުމުރުން 20 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް އެންމެ މަދުވެގެން ކޮންމެ 5 އަހަރަކުން އެއް ފަހަރު ހަށިގަނޑުގައި ސަރުބީ ހުރި ނިސްބަތް ބަލައިލުމަކީ އެދެވިގެންވާ ކަމެކެވެ.

ހަށިގަނޑުގައި ސަރުބީ މަތިވުމުން ދެޓެސްޓެއް ހަދައި އުޅެއެވެ. އެއީ ހައިބަނޑާހުރެ ހަދާ ޓެސްޓަކާއި، ކައިގެން ހަދާ ޓެސްޓެކެވެ. ކައިގެން ހަދާ ޓެސްޓުގެ އެހީގައި، މުޅި ހަށިގަނޑުގައި ސަރުބީހުރި ޖުމުލަ މިންވަރާއި، ރަގަޅު ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ދެނެގަނެވޭނެ އެވެ.

ހައިބަނޑާހުރެ ހަދާ ޓެސްޓަށް ”ލިޕިޑް ޕްރޮފައިލް“ އޭ ކިޔައެވެ. މިޓެސްޓްގެ އެހީގައި މުޅި ހަށިގަނޑުގައި ސަރުބީހުރި ޖުމުލަ މިންވަރާއި، ރަގަޅު ކޮލެސްޓްރޯލް، ނުރަގަޅު ކޮލެސްޓްރޯލް، އަދި ޓްރައިގްލިސެރައިޑް އެކުލެވޭ މިންވަރު ދެނެގަނެވެއެވެ.

އާންމު ގޮތެއްގައި ޑޮކްޓަރުން އިރުޝާދު ދެއްވަނީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ ޖުމުލަ ނިސްބަތް 200 އަށްވުރެ ދަށުގައި ބެހެއްޓޭތޯ ބެލުމަށެވެ.