ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލި ނަސީރުގެ ފޯމް ބާތިލްކޮށްފި

އަންނަ މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ކެންޑިޑެންސީ ފޯމް ހުށަހެޅި ހުސައިން ނަސީރުގެ ފޯމް އިލެކްޝަންސް ކޮމިޝަނުން މިއަދު ބާތިލްކޮށްފި އެވެ.

އިލެކްޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ހުސައިން ނަސީރުގެ ފޯމް ބާތިލް ކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަމަ ހުށަހަޅަން ޖެހޭ 1500 މީހުން ސޮއިގައި މައްސަލަތަކެއް އުޅުމުގެ އިތުރުން އޭނާގެ ރަނިން މޭޓެއްގެ ގޮތުގައި ހުށަހެޅި ޝައިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ.

އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނަސީރުގެ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް އުޅޭ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ރިޔާސީީ އިންތިހާބުގައި ވާދަކުރަން ފޯމްހުށަހެޅުމުގެ މުއްދަތު މިއަދު ހަވީރު 4 ޖެހުމާއިއެކު ހަމަވާނެއެވެ.

އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ހުސައިން ނަސީރެވެ.

އެނގިފައިވާގޮތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފޯމް ހުށަހެޅުމަށް ނިންމާފައިވަނީ މިއަދު ހަވީރުއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.