ސުޖާއު އަދި އުމަރު ވެސް އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިން އިންތިހާބުގައި ވާދަނުކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވާއިރު، އެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް އިއްޔެ އީސީއަށް ފޯމް ހުށަހެޅުއްވި ހުސައިން ނަސީރެވެ.

އޭގެ ތެރެއިން ހުސެއިން ނަސީރު ހުށަހެޅުއްވި ފޯމް ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ އޭނާގެ ފޯމް ވަނީ އިލެކްޝަން ކޮމިޝަނުން ބާތިލް ކޮށްފައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.