ގެސްޓްހައުސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ލިބޭނެމަގު ފަހިކުރާނަން: އިބޫ

ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރައްވައި، އެވިޔަފާރީގެ ތެރެއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ލިބޭނެ މަގުތަށް ފަހިކޮށްދެއްވާނެކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ އިއްތިހާދުގެ ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުތައް އިއުލާނު ކުރައްވަމުން މިރޭ އދ މާމިގިލީގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ގުޅިފައިވާ އިއްތިހާދުގެ ފަތުރުވެރިކަމުގެ ސިޔާސަތުތައް ހާމަކުރައްވަމުން އިބޫ ވިދާޅުވީ، އިއްތިހާދުގެ ސަރުކާރުގައި ފަތުރުވެރިކަމުގެ ސިނާޢަތު ލާމަރުކަޒީ ކުރައްވައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރައްވާނެކަމަށެވެ. މީގެއިތުރުން އެވިޔަފާރީގެ ތެރެއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ލިބޭނެ މަގުތަކާއި، މިހާރު ފަތުރުވެރިކަމަށް ދޫކުރެވި އަދި މާލީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަަކަށްވެސް ފައިނޭންސް ލިބޭނެ މަގުތައް ފަހިކޮށްދެއްވާނެ ކަމުގައިވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެތެރޭގެ އުދުހުންތަކުުގެ އަގުހެޔޮކޮށްދެއްވައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ވަޒީފާ ދޭންެޖެހޭ ރޭޝިއޯއަށް ވުރެ އިތުރަށް ދިވެހިން ވަޒީފާގައި ގެންގުޅޭ ފަރާތްތަކަށް ޓެކްސްގެ ލުއިގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމުގައެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ތިރީސްފަސް ހާސް އެނދު އިތުރު ކުރައްވާނެ ކަމަށާއި އެ އެނދުތައް އިތުރުކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލެވިގެންކަމުގައެވެ.

އިބޫ ވިދާޅުވީ އެނދުތައް އިތުރު ކުރާނީ އެކަމުގެ ސަބަބުން ސިނާއަތަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަށް ކަމަށާއި، ފަތުރުވެރި ކަމުގެ ދާއިރާއަށް އިތުރު ކުރެވޭ އެނދުތަކާއި ގެނެވޭ އިންވެސްޓްމެންޓްތަކާއި އެކު ދައުލަތަށް ލިބޭ އާމުދަނީ 30 ބިލިއަނަށްވުރެ އިތުރުވެެގެން ދާނެ ކަމަށްވެސް އިބޫ ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.