ސްޕޯޓްސް ކައުންސިލަށް ގާނޫނީ ވަކީލު ހުސެއިން ޝަމީމް އައްޔަންކޮށްފި

ނޭޝަނަލް ސްޕޯޓްސް ކައުންސިލަށް މަޝްހޫރު ގާނޫނީ ވަކީލު ހުސެއިން ޝަމީމް އައްޔަންކޮށްފިއެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން ޝަމީމް އައްޔަން ކޮށްފައިވަނީ ކައުންސިލްގެ ވަކީލެއްގެ މަގާމަށް ކަމަށެވެ.

ނޭޝަނަލް ސްޕޯޓްސް ކައުންސިލުގެ ގާނޫނުގައި ވާގޮތުން އެކައުންސިލްގެ އެއް ގޮނޑިއަސޤ ގާނޫނީދާއިރާގެ ބޭފުޅަކު އައްޔަންކުރަންޖެހެއެވެ.

މަހްލޫފް ވަނީ މިނިސްޓަރު ކަމަށް ވަޑައިގެން ކުޅިވަރުގެ ދާއިރާ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން ސައުތް އޭޝިއަން ޔޫތް ސަމިޓް ވެސް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރ މަހްލޫފްވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.