ސަފީރުކަމަށް އައްޔަން ކުރެއްވުމަށް 8 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި 8 ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަންކުރެއްވުމަށް  ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަ އަށް ބޭފުޅުންނަކީ:

1 – ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ގ.ފިޔާތޮށިގެ އަލްފާޟިލް ޙަސަން ޞާބިރު.

2 – އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ދޫރިހާ އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ.

3 – ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ދަފްތަރު ނަންބަރު 4336 ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް.

4 – ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ސީވީޑް އަލްފާޟިލް އަޙްމަދު ލަޠީފް.

5 – އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމަށް ހ.އަމީނީގެ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް.

6 – އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ އދ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް މ.ނޫހިރި އަލްފާޟިލާ ތިލްމީޛާ ޙުސައިން.

7 – މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.އާޒާދެވާދީ އަލްފާޟިލާ ވިސާމް ޢަލީ.

8 – ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ހިކިފިނިފެންމާގެ އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤެވެ.

މިބޭފުޅުން ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރެވޭނީ އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުނެވެ.