ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ހޯމް މިނިސްޓަރު ބައްލަވާލައްވައިފި

ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހުޅުމާލޭގައި އަޅާ ފްލެޓް އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްލަވާލައްވައިފިއެވެ.

ފުލުހުންނަށް އަޅާ ފުލެޓްތައް ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ވަޑައިގަތެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ”ބްލޫސް ހައުސިން ސްކީމް“ގެ ނަމުގައި 2014 ވަނަ އަހަރު ފެށި އެ މަޝްރޫއަކީ 300 ފުލެޓްގެ މަޝްރޫއެކެވެ. ދެހާސް ސާދަވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެ ފުލެޓް ލިބޭނެ މީހުންނަށް 2013 ވަނަ އަހަރުގެ ތެރޭގައި ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

އެގޮތުން ފުލެޓް ލިބުނު ބައެއް މީހުން ފުލެޓްތަކަށް ޑައުންޕޭމަންޓް ވެސް ދެއްކިއެވެ. ނަމަވެސް ދެ އަހަރުގެ ތެރޭގައި ވަދެވޭނެ ކަމަށް ބުނި ފުލެޓްތައް ނުނިމި ދިގުލައިގެން ގޮސް މިއަދާ ހަމައަށް ވެސް އޮތީ ނުނިމިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، ފުލުހުންގެ ފުލެޓްތަކަކީ ކުލިދައްކައިގެން 25 އަހަރުން މިލްކު ކުރެވޭގޮތަށް ހަދާ ފުލެޓްތަކެކެވެ.