މޯލްޑިވް ގޭސްގެ އެމްޑީއަކަށް ޝަޒައިލް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަޒައިލް ޝިޔާމް މިއަދު އައްޔަން ކުރައްވައިފިއެވެ.

ސިވިލް ސާވިސްގެ އެކި މަގާމުތަކުގައި 12 އަހަރު ހިދުމަތް ކުރައްވާފައި ހުންނެވި ޝަޒައިލް އަކީ ފިޝަރީޒް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއީދު ގެންދެވުމުން އޭނާ މަގާމުން އޭރު ވަކިކުރިއެވެ.

އޭގެ އިތުރުން މެލޭޝިއާގެ އޭޝިއާ ޕެސިފިކް ޔުނިވާސިޓީން ޓެކްނޮލޮޖީ މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ހައްދަވައިގެން ހުންނެވި ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީސްގެ ޗެއާމަންކަން ވެސް ކުރައްވައިފައެވެ.

ޝަޒައިލްއަށް މޯލްޑިވްސް ގޭސްގެ އެމްޑީކަން ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައެވެ. އަދި މިއީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމެއް އެމްއާރުއެމްގެ ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.