ރިސޯޓެއްގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، ބިދޭސީއަކު މަރާލައިފި

ރާއްޖޭގެ ރިސޯޓެއްގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު މަރާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ 9:50 ހާއިރު އެ ހާދިސާ ހިނގާފައިވަނީ އދ. އަތޮޅުގައި އޮންނަ އެއްލައިދޫ ރިސޯޓުގައެވެ.

ފުލުހުންގެ މައުލޫމާތުދޭ ގޮތުގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން އެ މާރާމާރީ ހިންގީ ލަންކާ ދެ މީހެއްގެ މެދުގައެވެ. އަދި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.