ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ 19 ކަމެއް!

ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި އިލްމުވެރިން ވަނީ 19 އަދަބެއް ބަޔާން ކުރައްވައިފައެވެ. އެއީ މާތް ވަގުތުތަކުގައި ދުޢާ ކުރުމުގެ އިތުރުން މާތް ހާލަތެއްގައި ހުރެ ދުޢާ ކުރުމާއި ،ތިމާ ދުއާކުރާއިރު ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުމާއެކު ދުޢާ ކުރުމުގައި ކެތްތެރިކަމާއެކު އަޑު މަޑުން ދުއާކުރުން ހިމެނެއެވެ.

މީގެ އިތުރުން ކީރިތި ރަސޫލު  صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔުމާއެކު ދުޢާކުރުމުގެ ކުރިން މާތް ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުން ހިމެނެއެވެ. އަދި ބޭކާރު އުނދަގޫ ޢިބާރާތްތަކުން، ގަދަކަމުން ބަލާޣަތްތެރި ޢިބާރާތްތައް ނުގެނެ، ޚުޝޫޢަތްތެރިކަމާއެކު އަމިއްލަ ނަފްސުގެ ތެރެއިން ނުކުންނަ ޠަބީޢީ ޢިބާރާތްތައް ބޭނުން ކޮށްގެން ދުއާކުރުމާއި ރަނގަޅު ފުރިހަމަ ޢިބާރާތްތައް ބޭނުން ކޮށްގެން ދުއާކުރުން ކުރުމުގެ އިތުރުން ޢަޒުމަކާއެކު ދުޢާ ކުރުން މުހިއްމުކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

ޢަޒުމާއެކު ދުޢާ ކުރުމުގެ މާނައަކީ، މާތް ﷲ ދުއާ އިޖާބަ ކުރައްވާނެ ކަން ޔަޤީންކޮށް، ގަދައަށް އެ ކަމަށް އެދުމެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއި ދުޢާ އިޖާބަ ވުމާއި ނުގުޅުމެވެ. އެހެނީ އިރާދަފުޅާއި ގުޅުވައިގެން ކަންތައް ކުރާނީ އިންސާނުންނެވެ. އެގޮތުން އިބަ ރަސްކަލާނގެ އިރާދަ ކުރައްވައިފިނަމަ ތިމަންނައަށް މިވެނިކަމެއް ފުއްދަވައިދެއްވާ ފާނދޭ، މިފަދަ ޢިބާރާތްތައް ބޭނުން ނުކުރުމަށް އިލްމުވެރިން ވިދާޅުވެއެވެ.