ޕީއެސްވީ ބަލިކޮށް ބާސެލޯނާ ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން ބަލިކޮށް ބާސެލޯނާ އިން ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

ރަށުން ބޭރުގައި ޕީއެސްވީ އަތުން 2-1 އިން ބާސާ މޮޅުވިއިރު މި މެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެޓީމަށް  ޖަހައިދިނީ މެޗްގެ 61 ވަނަ މިނެޓުގައި ލިއޮނަލް މެސީއެވެ. އަދި ޢޭގެ ނުވަ މިނެޓުފަހުން ޖެރަޑް ޕީކޭ ދެވަނަ ލަނޑު ޖަހާ މެޗްގެ ލީޑް ފުޅާކޮށްފައެވެ.

ރޭގެ މެޗްގައި ޕީއެސްވީގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗްނިމެން 7މިނިޓަށް ވެފައިވަނިކޮށް، ލޫކް ޑި ޔޮންގް އެވެ.

ޕީއެސްވީގެ އަމިއްލަ ދަނޑުގައި ބާސެލޯނާ އާ ދެކޮޅަށް އެ ޓީމު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައިނުވިނަމަވެސް މިހާފުގައި ޕީއެސްވީ އިން ވަނީ ބާސެލޯނާގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން، ޕީއެސްވީގެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާއެއް ބާސެލޯނާގެ ގޯލްގެދަނޑިއަށް އަމާޒުވެފައިވާއިރު އެ ޓީމުގެ މިޑްފީލްޑަރު އާތުރޯ ވިޑާލް އަށް ވަނީ ލަނޑުޖަހާނެ ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ.

ބާސެލޯނާ ހޯދި މިކަމިޔާބާއިއެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމުއޮތީ ބާކީ އެއް މެޗު އޮއްވައި ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ.އަދި މިގްރޫޕްގެ ދެވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ ހަތް ޕޮއިންޓާއި އެކު އޮތްއިރު މިގްރޫޕްގެ ތިންވަނައިގައި އިންޓަ މިލާނަށް ވެސް އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ.