ޔަންގްއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އާކުރުމާ ގާތަށް!

އިތުބާރު ފުލްބެކް އޭޝްލީ ޔަންގްއާއެކު މެންޔެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އާކުރުމާ ގާތަށް ޖެހިލައިފިއެވެ.

އެސްޓަން ވިލާއިން 2011 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ޔަންގްއާއެކު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ހޫނު މޫސުމަށް ހަމަވާއިރު، ޔަންގް ވެސް ބޭނުންވަނީ އެކުލަބުގައި މަޑުކުރާށެވެ.

ރިޕޯޓްތައް ބުނާގޮތުން ދަނޑުމަތީގައި ޔަންގް ދައްކާ ކުޅުމާމެދު ހިތްހަމަޖެހި، އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް މިދިޔަ އަހަރު ވަނީ ފެށިފައެވެ.

އަދި ޔަންގްއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އާކުރާނީ އިތުރު އެއް އަހަރަށް ކަމަށްވެއެވެ.

ސަތާރަ މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވި އުމުރުން 22 އަހަރުގެ ޔަންގްއަކީ  ޔުނައިޓެޑަށް އެންމެ ގިނަ ދުވަސްވަންދެން ކުޅެމުން އަންނަ އެއް ކުޅުންތެރިއާއެވެ. އެގޮތުން އޭނާ މިހާތަނަށް ވަނީ ޔުނައިޓެޑަށް 228 މެޗު ކުޅެދީފައެވެ.

އެގޮތުން ފޯވާޑެއްގެ ގޮތުގައި ޔުނައިޓެޑަށް ކުޅެންފެށި ޔަންގްގެ ކެރިއަރުގައި ފަހުން ކުޅެމުންދިޔައީ ފުލް ބެކްއަކަށެވެ. އަދި މިހާރު ޔުނައިޓެޑްގެ ކެޕްޓަން އެންޓޯނިއޯ ވެލެންސިއާ ނެތްތަން ފޫބެއްދުމަށް ޔަންގް ކުޅެމުން އަންނަނީ ސްކިޕާއެއްގެ ރޯލެވެ.