“ރެއިންބޯ އިޔާ އެންޑް“ ސޭލް: ތިން މީހަކަށް އައިފޯން 10 އެކްސްއެސް މެކްސްއެއް!

ނަސީބުވެރި ތިން ފަރާތަކަށް އައިފޯންގެ އެންމެ ފަހުގެ ފޯނެއް ލިބޭ ޕްރޮމޯޝަނަކާއެކު ރެއިންބޯ އެންޓަޕްރައިޒެސްގެ ”އިޔާ އެންޑް“ ސޭލް ފަށައިފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ވިއްކާ ކުންފުނިން ބުނި ގޮތުގައި، އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރެއިންބޯގެ މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ފިހާރައެއްގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ.

ޕްރޮމޯޝަން އިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އައިފޯން 10 އެކްސް މެކްސް އެއް ދިނުމަށް ރެއިންބޯއިން ވަނީ ނިންމައިފައެވެ. ގުރުއަތުން އޮންނާނީ 31 ޖަނަވަރީވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 ގައި ރެއިންބޯ ބިލްޑު ވެއާގައެވެ.

ދިވެހިންގެ މެދުގައި މަގުބޫލުކަން ދަމަހައްޓަމުން އަންނަ ރެއިންބޯ އެންޓަޕްރައިސަސްއަކީ 1990 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. މިއަދު އެ ކުންފުނީގެ ތަފާތު ވިޔަފާރިތަކެއް ކުރަމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް އެ ކުންފުނީގެ ވިޔަފާރިތައް ދަނީ ފުޅާކުރަމުންނެވެ.