ވާވޭގެ އެންމެ ފޮޓޯ ރީތި ފޯނުތަކަށް ދިރާގުން ޕްރީ އޯޑަރަށް ހުޅުވާލައިފި

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ކެމެރާ ފޯނު ކަމަށްވާ ”ވާވޭ މޭޓް 20“ އަދި ”ވާވޭ މޭޓް 20 ޕްރޯ“ގެ ފޯނަށް ޕްރީ އޯޑަރު ކުރުމަށް ދިރާގުން ހުޅުވާލައިފިއެވެ.

މެކްސްކޮމް އިން ރޭއްޖެ އެތެރެކޮށް ވިއްކާ ވާވޭގެ މި ފޯންތަކަކީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވާވޭ އިން ބާޒާރަށް ނެރުނު ދެ ފޯނެވެ. އެ ފޯނުތައް ދިރާގުގެ ވެބްސައިޓުން މިހާރު ޕްރީ އޯޑަރަށް ނެގޭނެއެވެ.

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ފޮޓޯ ރީތި ފޯނުގެ ގޮތުގައި މަޝްހޫރު ވެފައިވާ ވޭވޭ މޭޓް ސީރީޒްގެ ތެރެއިން ވާވޭ މޭޓް 20 ޕްރޯ އަކީ އެންޑްރޮއިޑް ސްމާޓްފޯން މާކެޓަށް މިހާތަނަށް ނެރުނު ދުވެލި އެންމެ ބާރު ފޯނެވެ.

އޭގެ އިތުރުން ވާވޭ މޭޓް 20 ސީރީޒްގެ ދެ ފޯނުގެ ވެސް ބެކް ކެމެރާގެ ގޮތުގައި ތިން ލެންސެއް ހިމަނާފައިވެއެވެ. އެއީ އަލްޓްރާ ވައިޑް އެންގަލް ލެންސަކާއި، ވައިޑް އޭންގަލް ލެންސެއްގެ އިތުރުން ޓެލެފޮޓޯ ލެންސެކެވެ.

ސެލްފީ ކެމެރާގެ ގޮތުގައި އެޗްޑީއާރު ފިޗާގެ 24 މެގަޕިކްސަލްގެ ކެމެރާއެއް ހިމަނާފައިވާއިރު، ދެ ފޯނަކީ ވެސް ވަޔަލެސްކޮށް ޗާޖު ކުރެވޭ ފޯނެވެ. އެ ފީޗާއާއެކު ވަޔަލެސް އެހެން ފޯނެއްގައި ޖައްސާލައިގެން ވެސް ޗާޖު ކޮށްލެވޭނެއެވެ.

”ވާވޭ މޭޓް 20″ގެ ފީޗާތަކަށް ބަލާއިރު އެ ފޯނުގެ އިންޓާނަލް މެމޮރީގައި 128 ޖީބީ ހިމެނޭއިރު، 4 އަދި 6 ޖީބީގެ ރެމްއެއް ހިމެނެއެވެ. އަދި ޑިސްޕުލޭ ސައިޒްގައި 6.53 އިންޗި ހުންނަ އެެ ފޯނުގެ ފަހަތުގައި ފިންގާޕްރިންޓް ސެންސާއެއް ހިމެނެއެވެ.

”ވާވޭ މޭޓް 20 ޕްރޯ“ގެ ފީޗާސްތަކަށް ބަލާއިރު، އިންޓާނަލް މެމޮރީގައި 256 ޖީބީ އާއެކު 8 ޖީބީގެ ރެމްގެ ފޯނަކާއި އިންޓާނަލް މެމޮރީގެ 128 ޖީބީގެ 6 ޖީބީގެ މެމޮރީއެއް ހިމެނެއެވެ. ޑިސްޕްލޭ ސައިޒުގައި 6.39 އިންޗި ހުން އެ ފޯނުގައި ޑިސްޕުލޭގައި ފިންގާޕްރިން ސެންސެރަކާއެކު ފޭސް އައިޑީ ފީޗާސް އެއްވެސް ހިމެނެއެވެ.

ދިރާގުން ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޯ ފޯނު އިންސްޓޯލްމަންޓު އުސޫލުން ވެސް ލިބޭއިރު، ފޯނާއެކު ފަސް މަސް ދުވަހުގެ ފަސް ޖީބީގެ ޑޭޓާ ލިބޭނެ އެވެ.