ރައީސް ކަބީލާ އިތުރު ދައުރަކަށް ކުރިމަތިނުލަން ނިންމައިފި

ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް ޔޫސުފް ކަބީލާ އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމަވައިފިއެވެ.

ރައީސް ކަބީލާ ވަނީ އޭނާގެ ބަދަލުގައި ޕީޕަލްސް ޕާޓީ ފޯ ރީކޮންސްޓްރަކްޝަން އެންޑް ޑިމޮކްރަސީ (ޕީޕީއާރްޑީ)ގެ ފަރާތުން އެހެން ބޭފުޅަކު ވާދަކުރަން ފުރުސަތު ދެއްވާފައެވެ.

ރައީސް ކަބީލާގެ މިފަދަ ނިންމުމެއް ނިންމަވާފައި މިވަނީ، ރިޔާސީ ދައުރު އިތުރުކުރެއްވުމުގެ ވިސްނުމެއް އޭނާ ގެންގުޅުއްވާ ކަމަށް ވާހަކަ ދައްކާ ދަނޑިވަޅެއްގައެވެ.

ރައީސް ކަބީލާ ވެރިކަމަށް ވަޑައިގެންނެވީ 2001 ވަނަ އަހަރު އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލި ހާދިސާއަށް ފަހުއެވެ.

2016 ވަނަ އަހަރުގެ ނިޔަލަށް، ރައީސް ކަބީލާގެ ދައުރު ނިމުނު ނަމަވެސް އޭނާ ވަނީ ވެރިކަމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. އޭގެ ސަބަބުން ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.