އަލުވި ޝިޕްމަންޓެއްގެ ތެރެއިން އެއްވަނަ ބޮޑުހަނގުރާމައިގެ އަތު ބޮމެއް!

އަލުވި ޝިޕްމަންޓެއްގެ ތެރެއިން އެއްވަނަ ބޮޑު ހަނގުރާމައިގާ ބޭނުންކުރި ގުރެނޭޑެއް ނުވަތަ އަތު ބޮމެއް ފެނިއްޖެއެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޖަރުމަނުން އުފައްދާފައިވާ އެ އަތުން ބޮން ފެނުނީ ހޮންގް ކޮންގްގައި ހުންނަ އަލުވި ޗިޕްސް ކާރުހާނާއެއްގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހޮންގް ކޮންގްގެ ސުޕްރިންޓެންޑެންޓް ވޮންގް ހޯ ހޮން މީޑިއާތަކަށް ވިދާޅުވީ، އަތު ބޮން ފެނުނީ ފްރާންސް މަގުން އައި އަލުވިތަކެއްގެ ތެރެއިން ކަމަށާއި އަދި އެ އަތު ބޮން މިހާރު ނައްތާލާފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާއިރު ކުށުގެ އެއްވެސް ހަރަކާތެއް އުޅޭކަމަށް ބެލެވިފައިނުވާ ކަމަށެވެ.