Thu, 8 December, 2022, 2:39 pm

ރަނގަޅަށް ނުނިދުމަކީ ހަށިގަނޑަށް ކިހާ ގެއްލުން ހުރި ކަމެއްކަން އެނގޭތަ؟

ރަނގަޅަށް ނިދި ނުލިބުމަކީ ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އެކިއެކި ބަލިތަކަށް މަގުފަހި ވުމުގެ އިތުރުން، ރަނގަޅަށް ނުނިދުމަކީ ފަލަވުމަށްވެސް މެދުވެރިވާ ކަމެކެވެ. އިތުރަށް އެނގެން ބޭނުން ނަމަ މި އާޓިކަލް ކިޔާލާށެވެ.

ރަނގަޅަށް ނުނިދުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއްކަން އެނގޭހެއްޔެވެ؟ އެގޮތުން، ދިރާސާ ތަކުން ދައްކާ ގޮތުން، އާންމުގޮތެއްގައި 5 ގަޑިއިރަށް ވުރެ މަދުން ނިދި ލިބޭ މީހުންނަށް ކޮރޯނަރީ ހާޓް ޑިސީސްއެއް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތުވެސް ބޮޑެވެ.

ދިރާސާތަކުން ދައްކާ ގޮތުން، މީހާގެ ނިންޖާ، ހަށިގަނޑުގެ ދިފާއީ ނިޒާމާވެސް ގުޅުމެއް ވެއެވެ. އެހެން ކަމުން، ރަނގަޅަށް ނިދި ނުލިބޭ ނަމަ އެކި އެކި ބަލިތައް ޖެހޭ މިންވަރު އަވަސް ކަމަށް ދިރާސާ ތަކުން ދައްކައެވެ.

ރަނގަޅަށް ނިދި ނުލިބުމަކީ ކެންސަރަށްވެސް މަގުފަހިވާ ކަމެކެވެ. އެގޮތުން، އެއީ އުރަމަތީގެ ކެންސަރާ، ކޮލޮރެކްޓަލް ކެންސަރާ ޕްރޮސްޓޭޓް ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް އެމެރިކާގެ އެކެޑެމީ އޮފް ސްލީޕް މެޑިސިނުން ހަދާފައިވާ ދިރާސާއަކުން ދައްކައެވެ.

ރަނގަޅަށް ނުނިދާ ހުރެ ރަނގަޅަށް ވިސްނަންވެސް އުނދަގުކަން އާންމުކޮށް މިހެން އުޅޭ މީހުންނަށް އެނގޭނެއެވެ. އަދި މިއީ ދިރާސާތަކުންވެސް ސާބިތު ވެފައިވަ ކަމެކެވެ. ‘އެކްސްޕެރިމްންޓަލް ބްރެއިން ރިސާޗް’އިން ހަދަފައިވާ ދިރާސާއަކުން ދައްކާ ގޮތުން، ރަނގަޅަށް ނުނިދާނަމަ ވިސްނުމަށާ، މެމޮރީއަށާ، ކަންކަން ނިންމުމާ ކަންކަން ހައްލު ކުރުމަށްވެސް ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ.

ނޭގި ހުރެ މީހާ ފަލަވަންޔާ، އެންމެ ފުރަތަމަވެސް ރަނގަޅަށް ނިދި ލިބޭތޯ ބަލާށެވެ. ސަބަބަކީ ރަނގަޅަށް ނުނިދުމަކީ މީހާ ފަލަ ވުމަށްވެސް ދިމާވާ ކަމަކަށް ވާތިއެވެ. ތިން އަހަރު ވަންދެން ބައެއްގެ ނިދި މޮނިޓަރ ކޮށްގެން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން، 5 ގަޑިއިރަށް ވުރެ މަދުން ނިދި މީހުން ފަލަވީ ރަނގަޅަށް ނިދި މީހުންނަށް ވުރެ ވަރަށް އަވަހަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.