Mon, 28 November, 2022, 10:53 am
އަފްގާނިސްތާނުގައި މީގެ ކުރިން ދިން ބޮމުގެ ހަމަލާއެއްގެ ތެރެއިން --

ލޭންޑްމައިންއެއް ގޮވައި, ހަނގުރާމައިން ފިލަން ދިޔަ އާއިލާއެއްގެ ހަ ކުޑަކުދިން މަރުވެއްޖެ

ކާބުލް, އަފްގާނިސްތާން – މަގުމަތީގައި ހަރުކޮށްފައި އޮތް ލޭންޑްމައިން އެއް ގޮވައި, އެއް އާއިލާއެއްގެ 12 މީހުން މަރުވެއްޖެ އެވެ.

އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ޕަކްތިއާ ޕްރޮވިންސްގެ ޕޮލިސް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ, މިދިޔަ ހޮނިހިރު ދުވަހު ސައީދު ކަރަމް ޑިސްޓްރިކްޓުގައި އެ ހާދިސާ ހިނގާފައި ވަނީ ހަނގުރާމައިން ފިލަން ދިޔަ އާއިލާއެއް ގޮވައިގެން ދަތުރުކުރި ވެހިކަލެއް މަގުމަތީގައި ހަރުކޮށްފައި އޮތް ބޮމަކަށް އެރިގެން ކަމަށެވެ.

ސައީދު ކަރަމް ޑިސްޓްރިކްޓަކީ ތާލިބާން ހަނގުރާމަވެރިންގެ އަތްދަށުން އަނބުރާ ހޯދާފައިވާ ސަރަހައްދެކެވެ. ނަމަވެސް އެ ޑިސްޓްރިކްޓުން ފިލައިގެން ދިއުމުގެ ކުރިން ތާލިބާން ހަނގުރާމަވެރިން ވަނީ އެ ސަރަހައްދުގެ މައި މަގުތަކާއި އެކި ސަރަހައްދުތަކުގައި ބޮން ހަރުކޮށްފަ އެވެ.

ހާދިސާގައި މަރުވި އާއިލާގެ ގާތް މީހެއް ކަމަށްވާ ނޫރް ޖާން ބުނި ގޮތުގައި, އެ ހާދިސާގައި ތިން ފިރިހެނުންނާއި ތިން އަންހެނުން އަދި ހަ ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.

ޔޫއެން އެސިސްޓެންސް މިޝަން އިން އަފްގާނިސްތާން (އުނަމާ) އިން ބުނާ ގޮތުން, ތާލިބާނުންގެ ހަމަލާތަކުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1659 މީހުން މަރުވެ, 3524 މީހަކަށް ވަނީ އަނިޔާވެފަ އެވެ. މިއީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 47 ޕަސެންޓުގެ އިތުރުވުމެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.