Tue, 18 January, 2022, 3:24 am
ތިން މައިން ރޫހާނީ ބިރުވެރިކަމެއްގެ ތެރޭގައި --

ހަގީގީ ހާދިސާ: ތިން މައިން ރޫހާނީ ބިރުވެރިކަމެއްގެ ތެރޭގައި – 2

Share on twitter
Share on facebook
Share on twitter
Share on facebook

އާދަނު ގުޅިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރުޤުޔާ ކިމިޔަވާ މީހާ އެގެއަށް އައެވެ. އަދި ތިން މައިންގެ ހާލު ފެނި މިއީ ސަހަލު ކަމެއް ނޫނޭ އާދަނު ގާތު ބުންޏެވެ. އަދި ދެން ޖެހޭނީ މިކަން ރަނގަޅުވަންދެން ރުޤުޔާ ކުރަން ކަމަށް ބުނެ އިތުރު ދެތިން މީހަކު އެގެއަށް ގެނައެވެ. މިގޮތުން މި ތިން މައިން ޖިންނީންގެ ކިބައިން ސަލާމަތްކުރުމަށް ރުޤުޔާ ކުރަމުން ގޮސް ފަހީމާއި ޒާރާއަށް ހޭވެރިކަން ވެއްޖެއެވެ. ނަމަވެސް ޒާނާގެ އަތްފައި ބުޅިކޮށް މީހާ މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. އެހެންކަމުން ރުޤުޔާ ކިޔަވާ މީހާ ޒާނާގެ ނިއްކުރީގައި ހިފަހައްޓައިގެން ކިޔަވަމުން ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް ޒާނާއާއި އަވަލަވާފައިވާ ޖިންނިގެ  ފަރާތުން  އެދެވޭ ޖަވާބެއް ނުލިބުނެވެ. ބުނިހާވެސް އެއްޗަކީ އެގޭގެ ގޯތި ތެރޭގައި އެއްޗެއް ވަޅުލާފައި ހުރި ވާހަކައެވެ. އެހެން ބުނުމުން ރުޤުޔާ ކިޔަވާ މީހާ ކިޔެވުން ހުއްޓާލުމަށްފަހު ފެން ކިޔަވާ މުޅި ގޯގތި ތެރެޔަށް އުކިއެވެ. އަދި ޖެހިގެން އައިރޭ އަނެެއްކާވެސް އާދަނުގެ ގެއަށްގޮސް ޒާނާ ބާއްވައިގެން ކިޔަވަމުން ގެންދިޔައެވެ. އަދި އިހުނަށްވުރެ ގަދަޔަށް ސުވާލު ކުރަމުން ދިޔައެވެ.

”ރުޤުޔާ ކިޔަވާ މީހާ: ކީއްވެ ދޮގުހަދަނީ… މިގެއަކު ނެތް އެއްޗެއް ވަޅުލާފަ.. ބުނޭ ކަލޭ ތީ ކާކު، މި ތިން މައިންނަށް ތިހެން ތި ހަދަނީ ކީއްވެ؟

ޒާނާ ބިރުވެރި އަޑަކުން: އަހަރެން ގެންނަން ސިހުރު ހެދީ އެ މީހާ..

ރުޤުޔާ ކިޔަވާ މީހާ: އެއީ ކާކު.. ކިހިނެއް ހެދީ.. ކިޔައިދީ އެހެން ނޫނީ ކަލޭ ދިރިހުއްޓާ ދުލެއް ނުކުރާނަން.

މިހެން ބުނުމުން ޒާނާ އަނެއްކާވެސް ބިރުވެރި އަޑަކުން ބުނަމުން ދިޔައެވެ.

ޒާނާ: އެ މީހާ ވަނީ ޖެހިގެން ހުރިގޭގެ ކަނެއްގައި ވަޅުގަނޑެއް ކޮނެ މިނިކަށިތަކެއް ވަޅުލާފަ.  އެއީ މި ރަށު މީހެއް. ޒާނާގެ ބައްޕަގެ ނަންކިޔާ މަރުވެފައިވާ ޤަބުރެއްގެ މިނިކަށިތަކެއް އެއީ.. އެ ސިހުރު ހެދި މީހާ ބޭނުންވަނީ ޒާނާގެ ބައްޕަގެ މުޅި އާއިލާ ދުވަސް ދުއްވާލަން.”

އެރޭ ރުޤުޔާ ކިޔެވުމުން ޒާނާގެ ފަރާތުން މިކަން އެނގުމުން ފަންޑިތަ ހަދާ މީހާ ޒާނާ އެ ކިޔައިދިން ގޭގެ ކަނުގައި ހުރި ވަޅުގަނޑު ކޮންނަން ފެށިއެވެ. އަދި ކޮނުވަރަކަށް އެ ވަޅުގަނޑުން މިނިކަށި ފެންނަމުން ދިޔައެވެ. އެހެންކަމުން ރުޤުޔާ ކިޔަވާ މީހާގެ އިރުޝާދުގެ މަތިން އެ ކަށިތައް ވަޅުގަނޑުން  ނަގައި ޤަބުރުސްތާނުގައި ވަޅުލިއެވެ. އަދި އެ ސިހުރު ބާތިލް ކުރިއެވެ. މި ގޮތަށް ކަންތައް ކުރުމުން އާދަނުގެ ތިން މައިން އެ ރޫހާނީ ބިރުވެރިކަމުން ސަލާމަތްވެ ހާލު ރަނގަޅުވިއެވެ. އަދި އެކަން ކުރީ ކާކުކަން އެނގި އެ ސިހުރު ހެދި މީހާ އައިސް އެ އާއިލާގެ ކިބައިން މާފަށް އެދި ތަޢުބާވިއެވެ.

ކޮންމެއަކަސް، ސިހުރު ހެދުމުގެ ނުބައި އާދަތައް މި މުޖުތަމައުގެ ތެރެއިން ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔަ ނަމަވެސް މިފަދަ މީހުން ހަދާ ސިހުރުތައް ބާޠިލް ކުރުމަށް ހުއްދަ ރުޤުޔާ ހަދައެވެ. ނަމަވެސް ބައެއް މީހުން ރުޤުޔާކުރާ ކަމަށް ބުނެ އޮޅުވާލައި ހަދަމުންދާ މަކަރުވެރި ހީލަތުގެ ސަބަބުން ސައްހަ ރުޤުޔާއަކީ ކޮބައިކަންވެސް ގިނަ ފަހަރަށް އޮންނަނީ ނޭގުމެއްގެ ތެރޭގައެވެ.

ރުޤުޔާއަކީ ބޮލުގައި ރިއްސުމާއި ހުން އައުން ފަދަ ނުވަތަ އެފަދައެހެން ބައްޔެއް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހާކު އެކަމަކުން ސަލާމަތް ކޮށްދިނުމަށް އޭނަގެ މައްޗަށް ކިޔަވާ ކިޔެވުމަކަށް ކިޔާނަމެކެވެ. އަދި މިއީ ޤުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ގޮތުގައި، ފަރުވާދިނުމަށް ކުރެވޭކަމެކެވެ. މިގޮތުން ރުޤުޔާ ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އެއީ؛  ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުން ނުވަތަ އެއިލާހުގެ އިސްމުފުޅުތަކުންނާއި އަދި ސިފަފުޅުތަކުން ރުޤުޔާކިޔެވުމެވެ. މިގޮތަށް ކިޔެވުމަކީ ހުއްދަކަމެކެވެ. އަދި އެދެވިގެންވާ ކަމެކެވެ. ދެވަނަކަމަކީ  ޤުރުއާނާއި ޙަދީޘްފުޅުތަކުން ވާރިދުވެގެންވާ ދުޢާތަކުންނާއި ޛިކުރުތަކުން ރުޤުޔާކިޔެވުމެވެ.  މީގެ ޙުކުމަކީވެސް ބަޔާންވެދިޔަ ބައިގެ ޙުކުމް ފަދައެވެ. ތިންވަނަ ކަމަކީ،  ޤުރްޢާނާއި ޙަދީޘްފުޅުތަކުން ވާރިދުވެގެންނުވާ ދުޢާތަކުންނާއި ޛިކުރުތަކުން ރުޤުޔާކިޔެވުމެވެ. މިއީވެސް ހުއްދަވެގެންވާ ކަމެކެވެ. ނަމަވެސް ވާރިދުވެގެންވާ ދުޢާތަކާއި ޚިލާފުނުވުން ޝަރުތުވެގެންވެއެވެ. ހަތަރުވަނަ ކަމަކީ   އެކިޔެވޭ އެއްޗަކުން އެއްވެސް މާނައެއް ދޭހަނުވާ އެއްޗަކުން ރުޤުޔާކިޔެވުމެވެ. ނަމަވެސް މިކަމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

(ނިމުނީ)

ހަގީގީ ހާދިސާ: ތިން މައިން ރޫހާނީ ބިރުވެރިކަމެއްގެ ތެރޭގައި – 1

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.