Fri, 30 September, 2022, 5:40 pm
ސަނާއާއި އޭނާގެ ފިރިމީހާ

ސަނާގެ ދެމަފިރިން ރާއްޖޭގައި، ޗުއްޓީ ފެށީ އެއާޕޯޓުގައި ނަމާދު ކޮށްގެން

ކުރީގެ އެކްޓްރެސް ސަނާ ހާން އާއި ފިރިމީހާ އަނަސް މުފްތީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެ އައުމާއެކު ސަނާގެ އިންސްޓަގްރާމްގައި އޭނާ ވަނީ ރާއްޖެ އަންނަން ފުރުސަތު ލިބުމުން އޭނާ އުފަލުން ހުރި މިންވަރު ހާމަކޮށް ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ ރާއްޖެ އައިސް، ރިސޯޓާ ހަމައަށް ދެވެންދެން އޭނާ ހޭދަކުރި ވަގުތު ދައްކާލާފައެވެ.

ސަނާގެ ވީޑިއޯގައި އޭނާ ބުނީ ނަމާދު ގަޑި ދޫކޮށްލުމަކީ އެ ދެމަފިރިން އެއްވެސް ގޮތަކަށް އެދޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެއާޕޯޓުގައި މުސައްލައެއް ބާއްވައި، އެ ދެމަފިރިން ވަނީ ނަމާދު ވަގުތަށް އަދާކޮށްފައެވެ.

އެދެމަފިރިން ރާއްޖެ އައީ އިއްޔެއެވެ. އަދި ޗުއްޓީ ހޭދަކުރަމުން ދަނީ “ފިނޮޅު މޯލްޑިވްސް” ރިސޯޓުގައެވެ.

ސަނާ އާއި އަނަސް ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި ކައިވެނި ކުރުމަށް ފަހު އޭނާ ވަނީ ފިލްމީ ދާއިރާ ދޫކޮށް، ބުރުގާ އަޅާފައެވެ. ސަނާ ބުނީ ދީނުގެ ކަންކަން ފުރިހަމަ ކުރުމުން އޭނާއަށް ލިބޭ އުފާ އެހެން އެއްވެސް ކަމަކާ ނުބައްދަލު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.