Fri, 21 January, 2022, 6:50 am
މާޅޮހާއި މުންދޫގެ ކައުންސިލާ ބައްދަލުކޮށް، ޕްރޮޖެކްޓުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަނީ -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ މާޅޮހާއި މަންދޫއަށް، ކައުންސިލާއެކު ޕްރޮޖެކްޓުތަކާ ގުޅޭ މަޝްވަރާ ކުރި

Share on twitter
Share on facebook
Share on twitter
Share on facebook

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް އއ. މާޅޮހާއި އދ. މަންދޫގެ ކައުންސިލާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަައިފި އެވެ.

އއ. އަދި އދ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މާޅޮހަށް ވަޑައިގެން އާޒިމް ވަނީ އަތޮޅު ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ރަށުގައި އެމްޓީސީސީން ކުރިއަށް ގެންދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތަފުސީލު ހިއްސާކުރައްވައި ޕްރޮޖެކްޓް ސައިޓަށް ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ.

ޖުމުލަ 56.97 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރު ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

މަންދޫއަށް ވަޑައިގެން އާޒިމް ވަނީ އެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގައި ފަށަން ހަމަޖެހިފައިވާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްރޫއު ފެށުމަށް ތައްޔާރު ވުމުގެ ގޮތުން، އަންނަ މަހު ސައިޓް މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 32.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރުއުގެ ދަށުން، 19،630 ކިއުބިކް މީޓަރު ކޮނުމާއި 136 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 31 މީޓަރުގެ ބޭރު ތޮއްޓަކާއި 138.73 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 580 މީޓަރުގެ ޕޭވްމެންޓެއް ހަދާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.