Thu, 20 January, 2022, 1:14 pm
ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތަށް ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމަށް އެމްޓީސީސީ އާއި ބީއެމްއެލް އަދި މާސްޓާ ކާޑާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ

ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތަށް ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް ގާއިމުކުރަނީ

Share on twitter
Share on facebook
Share on twitter
Share on facebook

އިންޓަގުރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމުކޮށް، ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމުކުރުމަށް ބީއެމްއެލް އާއި މާސްޓާކާޑާއެކު އެމްޓީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރުކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައި ދިނުމަށް މާސްޓާކާޑުން ހިންގާ ‘ސްމާޓް ސިޓީސް’ ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެމްޓީސީސީން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކުގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފު ކުރެވި ދަތުރުވެރިންނަށް ދަތުރުކުރުމުގައި ފަސޭހަތައް ހޯދައިދެވި، ހިދުމަތް ދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓުގެ ހިދުމަތް އިހުނަށްވުރެ މުހިންމުކަން ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

“ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ކަމެއް ހޯދައި ދިނުމަށް ބީއެމްއެލްއާއި މާސްޓާކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްކާތެރި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މި ހިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ،” އާޒިމް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން މާސްޓާކާޑުގެ ކަންޓްރީ މެނޭޖަރު ސްރީލަންކާ އެންޑް މޯލްޑިވްސް، ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކާރާއެކު އަލުން ޕްރޮޖެކްޓެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

“މިފަހަރު މި ތައާރަފް ކުރެވެނީ އަޅުގަނޑުމެންގެ އޯޕަން ލޫޕް މާސްޓާކާޑު ޓްރާންސިޓް ސޮލިއުޝަންޝް ސިސްޓަމް. މީގެ ސަބަބުން ހިދުމަތްދޭ ފަރާތަަށް ހަރަދުތައް ކުޑަކުރެވޭނެ. އަދި ހަމައެހެންމެ ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެވޭނެ. މި ޕްރޮގްރާމް މެދުވެރިކޮށް މާސްޓަރކާޑުން ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުން،” ރާޖޭޝް މަނީ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.