Wed, 20 October, 2021, 5:25 am

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ދޭ އަދަބު ހަރުކަށި ކުރަން ހުތުބާގައި ގޮވާލައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ދޭ އަދަބު ހަރުކަށި ކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

“މަސްތުުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރަމާ” މައުލޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން، އެ މީހުންގެ ވިޔަފާރީގައި ފުރާވަރުގެ ކުދިން ބޭނުންކުރަމުން ދާކަމީ ހިތާމަހުރި ކަމެއް ކަމުގައެވެ. އަދި އެ އުމުރުގެ ކުދިން މަސްތުވާތަކެތީގެ އަވައިގައި ޖައްސައި، އެކުދިންގެ ދިރިއުޅުން ބަނަކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން ދާކަމަށާއި، އެމީ ބަޔަކު މީހުންގެ އަމިއްލަ މަންފާއަކަށް ޓަކައި ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ޣައިރު މުސްލިމް ބައެއް ގައުމުތަކުގައިވެސް މަސްތުވާ ތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭކަމަށެވެ. އަދި ރާއްޖޭގައިވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރަށްވުރެ ހަރުކަށި އަދަބެއް ކަނޑައަޅައި، އެ އަދަބު ތަންފީޒު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ބުންޏެވެ.

އޭގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ އަކީ ހަރާމް ފައިސާ ކަމަށާއި، އެ ފައިސާއިން ލޯބިވާ އަނބިދަރީންނަށް ކާންދެމުން އެދަނީ ކަނޑައެޅިގެން އަލިފާން ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މަސްތުވާތަކެތީގެ އަވައިގައި ޖެހެނީ ވަޒީފާއެއް ނެތިގެން އުޅޭ މީހުން އެކަނި ނޫންކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން، ކިޔަވައިގެން ތިބި މޮޅު ބައެއް ޒުވާނުންނާއި، ރަނގަޅު ވަޒީފާތަކުގައި އުޅޭ މީހުންވެސް އޭގެ ވަބާގައި ޖެހޭ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ މަސްތުވެފައިވާ މީހުންގެ ވީޑިއޯ ނަގައި، ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެފަދަ ޒުވާނުން މުޖުތަމައުގައި އިތުރަށ ްބަދުނާމުވާ ކަމަށާއި، ހެޔޮ މަގަށް އެޅުމަށް ހުރަސް އެޅޭކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.