Fri, 30 September, 2022, 11:28 am
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް

ޓޫރިޒަމުގެ ރަން އަހަރަށް މިނިސްޓަރު މައުސޫމް ޖެއްސެވި ހިސާބު: ދެ މިލިއަން ޓޫރިސްޓުން!

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަން އަހަރު ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވީ، އެމްއެމްއޭ އިން އާންމުކުރި “ޓޫރިޒަމް ފޯކާސްޓިން މޮޑެލް ފޯ ދަ މޯލްޑިވްސް” ދިރާސާގެ އަންދާޒާތަކާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

އެމްއެމްއޭގެ ދިރާސާއިން ދައްކާ ގޮތުން މިއަހަރު އެންމެ ރަނގަޅު ހާލަތުގައިވެސް އެއް މިލިއަން ޓޫރިސްޓުން އަދި އަންނަ އަހަރު 1.4 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.

މައުސޫމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެމްއެމްއޭގެ ދިރާސާއަށް އިހުތިރާމުކުރާ ކަމަށެވެ. ނަމަވެސް އޭނާގެ އަންދާޒާއަކީ 2022 ގައި ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރުމުގެ އިތުރުން، 13.5 މިލިއަން ބެޑް ނައިޓްސްވެސް ހަމަވުން ކަމަށް ވިދާޅުވިއެވެ.

އެ ހިސާބު ދިމާވެއްޖެނަމަ، 2019ގެ 1.7 މިލިއަން ޓޫރިސްޓުންގެ ރެކޯޑު މުގުރާލެވޭނެއެވެ.

މައުސޫމް ވިދާޅުވީ، އެ ހިސާބު ހާސިލުވުމަށް އެތައް ސަބަބެއް އެބަ އޮތް ކަމަށެވެ. އޭގެ ތެރޭގައި ގިނަ ބާވަތްތަކެއްގެ ޓޫރިޒަމުގެ ބެޑް ކެޕޭސިޓީ އިތުރުވުމާއި އިތުރު މާކެޓްތަކަށް ފޯރުމާއި އެއާ ކަނެކްޓިވިޓީ އިތުރުވުމާއި ޑޮމެސްޓިކް ޓްރާންސްޕޯޓު ދާއިރާގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ވުން ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭގެ ޓޫރިޒަމުގެ ރަން އަހަރު ފާހަގަކުރަން ހިންގާ ހަރަކާތްތަކަކީވެސް 2022 ވަނަ އަހަރު ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނާނެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.