Fri, 21 January, 2022, 7:30 am
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ -- ފޮޓޯ: ސްޓެލްކޯ

ޓެކްނޮލޮޖީއަށް ބޮޑު ހޭދައެއް ކުރަން ޖެހުނަސް، އަމާޒަކީ އެކަމަށް އިންވެސްޓުކޮށް ލުއި ހޯދައިދިނުން: މުޣުނީ

Share on twitter
Share on facebook
Share on twitter
Share on facebook

ޒަމާނީ ފެންވަރަށް ހިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ގުރިޑު ސްމާޓް ގްރިޑަށް ބަދަލުކުރުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

“ސަންގުޓީވީ” އިން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި މުޣުނީ ވިދާޅުވީ، މުޅި ދުނިޔެވެސް ޓެކްނޮލޮޖީގެ އެހީގައި އޮޕަރޭޓު ކުރަމުންދާ އިރު، ސްޓެލްކޯއިންވެސް ސިސްޓަމްތައް އަޕްގުރޭޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ ޖަނަރޭޓަރުތައް ބަލަހައްޓާނީވެސް ވަކި ސިސްޓަމުތަކެއް އަޅައިގެން ކަމަށާއި ޖަނަރޭޓަރުތައް މޮނިޓާކުރުމުގެ ކަންކަން ބަލަހައްޓާނީ އެ ސިސްޓަމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްޓެލްކޯގެ ގުރިޑުތައް ސްމާޓް ގުރިޑަށް ބަދަލުކުރުމުގެ ޕްލޭނެއްވެސް ގެންގުޅުއްވާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ސްމާޓް ގުރިޑަށް ބަދަލުކުރުމުން އޭގެން އިންޖީނިއަރުންނަށް ލިބޭ މައުލޫމާތުތަކުގެ ޒަރީއާއިން މައްސަލައެއް ދިމާވެދާނެ ކަމަށް ދެނެގަނެވި، އެކަން ދިމާވިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯ މިހާރު ބަދަލުވަމުން ދަނީ ޓެކްލޮޖީއަށް ބަރޯސާވާ އަދި ޓެކްނޮލޮޖީއާ އެއްކޮށް މަސައްކަތް ކުރާ ކުންފުންޏަކަށްކަން ފާހަގަކުރައްވައި، މުޣުނީ ވިދާޅުވީ، އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި ކުންފުނީގެ އެކި ދާއިރާތަކަށް ލިބެން ހުރި ޓެކްނޮލޮޖީތައް ދެނެގަންނަމުންދާ ކަމަށާއި އެކަންކަން އިންތިޒާމުވެގެންދާ ވަރަކުން އާންމު ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ، ޓެކްނޮލޮޖީ ގެންނަން ބޮޑު ހަރަދެއްކޮށް، އޭގެ ބަދަލު ލިބެން ގިނަ ދުވަސް ނެގި ނަމަވެސް ކުންފުނީގެ އަމާޒަކީ މިހާރު އެ އިންވެސްޓްމެންޓުތައްކޮށް، ވީ އެންމެ އަވަހަކަށް ކަސްޓަމަރުންނަށް އޭގެ ލުއި ފަސޭހަތައް ފޯރުކޮށްދިނުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.