Mon, 29 November, 2021, 5:02 pm
ޕީޕީއެމުން 2018 ވަނަ އަހަރު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމް ސަމާސާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ އިލްމީ ބޭފުޅެއް: ޝަހީމް

Share on twitter
Share on facebook
Share on twitter
Share on facebook

ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ވަރަށް އިލްމީ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމު އެހެން ވިދާޅުވީ، މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް އިސްތިއުނާފީ ފަހު މަރުހަލާ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަޑުއެހުމެއްގައި ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯކޮޅެއް ރީޓުވީޓު ކުރައްވަމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިން މޭޓަކަށް ހުންނެވި ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދަޅުވީ، ރައީސް ޔާމީންގެ ދަށުން ކެބިނެޓުގައި މަސައްކަތް ކުރި ދުވަސްވަރު އެމަނިކުފާނަކީ ރާއްޖެއިން މަދުން ނޫނީ ނުފެންނަ ވަރުގެ އިލްމީ ބޭފުޅެއްކަން ފާހަގަވި ކަމަށެވެ.

އަދި ރައީސް ޔާމީނަކީ އުފެއްދުންތެރި ވިސްނުން ހުންނަ ކުޅަދާނެ އަދި ގައުމީ ވިސްނުމުގެ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ވާހަކަ ދެއްކުންތެރިއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ލިބެންޖެހޭ ކަމަށެވެ.

ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ، 28 ނޮމެންބަރު 2019 ގަ އެވެ. ކުރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިރު، ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ވަނީ ނިންމާލައިފަ އެވެ.

އަދި މިހާރު ދިފާއުގެ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމަށް ދެ އަޑުއެހުމެއް ބާއްވާފައިވާ އިރު، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ކަފާލަތާއި ގުޅޭ ގޮތުން ގޮތެއް ނިންމުން ވެސް އަދި އޮންނާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.