Wed, 20 October, 2021, 6:03 am

ކޮންޓެކްޓް ލެންސް ލައްވާ މީހުން މިކަންކަމަށް ސަމާލުވޭ، ނޫންނަމަ އިންފެކްޝަނެއް ވުން ގާތް!

Share on twitter
Share on facebook
Share on twitter
Share on facebook

ލޮލަކީ ވަރަށްވެސް ނާޒުކު ގުނަވަނެކެވެ. ކުޑަ ނަމަވެސް އިހުމާލެއް ވެއްޖެ ނަމަ، ލޮލުގެ ފެނުމަށް ނޭދެވޭ ބޮޑު އަސަރެއް ކުރުން ގާތެވެ. އެހެންކަމުން، ލޯ ރަނގަޅަށް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ލޮލުގެ ޑޮކްޓަރުން އަބަދުވެސް އެދެ އެވެ. އަދި ހާއްސަކޮށް ކޮންޓެކްޓް ލެންސް ލައްވާ މީހުން ސަމާލުކަންދޭން ޖެހޭ ހާއްސަ ކަންތައްތަކެއް ހުރެ އެވެ. ނޫންނަމަ އިންފެކްޝަނެއް ވުން ގާތެވެ.

އައިނާ ހިލާފަށް ލެންސަކީ ސީދާ ލޮލަށް ލައްވާ އެއްޗެއް ކަމުން، އަތް ސާފުނުކޮށް ހުރެއްޖެ ނަމަ ޖަރާސީމު ހާއްޔެއް ލޮލަށް ވަނުން ގާތެވެ. އެހެންކަމުން ލެންސް ލެއްވުމުގެ ކުރިން، އަދި ލެންސް ނެގުމުގެ ކުރިން، އަބަދުވެސް ރަނގަޅަށް އަތް ދޮވުމަށް ޑޮކްޓަރުން ލަފާދެ އެވެ.

ދެވަނަ ކަމަކަށް ޑޮކްޓަރުން ލަފާދެނީ ލެންސް ސޮލިއުޝަން ގަވާއިދުން ބަދަލު ކުރުމަށެވެ. އެއީ ލެންސް ސޮލިއުޝަނަކީ ޖަރާސީމު ރައްކާ ކުރެވިފައި ހުންނަ ޓަބެއް ކަމަށްވާތީ އެވެ. އަދި ސޮލިއުޝަން ތެރޭގައި ޖަރާސީމު ހުންނަތާ ގިނަ ދުވަސް ވާވަރަކަށް، ޖަރާސީމު އިތުރުވުން އެކަށީގެންވެ އެވެ. އަދި ސޮލިއުޝަން ބަދަލުކުރާ އިރު، ބަދަލުކުރަން ވާނީ ލެންސް ލައިފައި އިންނަ ކޭސް ރަނގަޅަށް ސާފު ކުރުމަށް ފަހުގަ އެވެ.

އޭގެ އިތުރުން، ލެންސް ސޮލިއުޝަނަށް އެއްވެސް ވަރަކަށް އެލާޖިކްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ޑޮކްޓަރުން ބުނާ ގޮތުން، ލެންސާއެކު ނިދުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫނެވެ. އެގޮތުން، ލެންސާއެކު ނިދާނަމަ، ލެންސް މާ ބޮޑަށް ހިކި، ލެންސް ނަގާ އިރު ލޮލަށް ގެއްލުންވުން އެކަށީގެންވެއެވެ. އޭގެ އިތުރުން މާ ގިނަ އިރު ލެންސް ލައްވައިގެން ނޫޅުމަށްވެސް ޑޮކްޓަރުން ލަފާދެ އެވެ. އަދި ލެންސް ލައްވައިގެން ހުންނަ އިރު، ލޮލަށް އުނދާގޫވެ، ލޯ ކަހަން ބޭނުންވާ ކަމަށްވާނަމަ ލެންސް ނެގުމަށްވެސް ލަފާދެ އެވެ.

ލެންސަކީ އާންމުކޮށް ކޮންމެ މަހަކު ނުވަތަ ކޮންމެ ދެ ހަފުތާއަކުން ބަދަލުކުރަން ޖެހޭ އެއްޗެކެވެ. ނަމަވެސް، ބައެއް މީހުން އެ މުއްދަތު ފަހަނައަޅާ ދާއިރުވެސް ލެންސް އަޅައިގެން އުޅެ އެވެ. ޑޮކްޓަރުން ބުނާ ގޮތުން، މިއީ ލޮލުގައި އިންފެކްޝަން އުފެދުމަށް ދިމާވާ ބޮޑު އެއް ސަބަބެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.