Sat, 22 January, 2022, 8:27 pm
ކްރިމިނަލް ކޯޓު އިމާރާތް -- ފޮޓޯ: ހަފްތާ

800 ބިޔަރު ދަޅު އެތެރެކުރި މީހަކަށް 10،800 ރުފިޔާގެ ޖޫރިމަނާއެއް

Share on twitter
Share on facebook
Share on twitter
Share on facebook

މާލެއަށް 800 އަށްވުރެ ގިނަ ބިޔަރު ދަޅު އެތެރެކުރި މީހަކު 10،800 ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ، ގދ. ރަތަފަންދޫ/ މުޝްތަރީގެ، ހަމްޒާން ފަރީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި ދައުވާ ހުށަހަޅަމުން ދައުލަތުން ބުނީ، ހަމްޒާ 23 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އިތުރު ބަޔަކާއެކު މާލެ ޓީޖެޓީ ސަރަހައްދު، ޕެޓްރޯލް ޖެޓީއަށް ލޯންޗެއް ކައިރިކޮށް ބަނގުރާ ބާލަން އުޅޭ ކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު އެތަނުގައި ޕާކުކޮށްފައިވާ އޮތް ޕިކަޕެއް ކައިރީގައި ހަމްޒާ އާއި އިތުރު ބަޔަކު ހުއްޓިގެން ތިބި ކަމަށެވެ.

އަދި ފުލުހުން އެ މީހުން ހުއްޓުވައި އެމީހުންގެ ހާޒިރުގައި އެ ޕިކަޕު ބަލައި ފާސްކުރި އިރު، އެ ޕިކަޕުގެ ތެރެއިން ފެނުނު ތިން ފޮށިގަނޑުގެ ތެރެއިން ޓޭޕު އަޅައި ބަންދުކޮށްފައިވާ އެއް ފޮށިގަނޑުގެ ތެރެއިން 816 ބަނގުރާ ދަޅު ފެނިފައިވާ ކަމަށްވެސް ބުންޏެވެ. އަދި އެ ފޮށިތަކުގެ ތެރެއިން ފޮއްޓަކުން ޑިވެލޮޕް ކުރެވުނު ފިންގާ ޕްރިންޓް ހަމްޒާގެ ކަނާއަތުގެ ކަށި އިނގިލީގެ ނިޝާނާ ދިމާވާ ކަމަށްވެސް ބުންޏެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ހަމްޒާ ވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިއުތިރާފުވާ ކަމަށް ބުނެފަ އެވެ. އަދި ދައުވާގޮތަސް ގޮތަށް އެ ހާދިސާ ހިނގާފައިވާ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން މި މައްސަލަ ބަލާފައި ވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.

މައްސަލައިގައި އަދަބާ ބެހޭ ގޮތުން ވާހަކަދައްކަމުން ދައުލަތުން ބުނީ، ހަމްޒާ ކުރި ކުށުގެ އަސާސީ އަދަބުގެ މިންގަނޑަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް އެ ކުށަށް އޭނާ އިއުތިރާފުވެފައިވާތީ ކުށުގެ އަދަބު އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެތީ އާއި އަދަބުގެ އަސާސީ މިންގަނޑު މަތިކުރާނެފަދަ ކުށުގެ ރެކޯޑެއް އޭނާގެ ނެތުމުން އަދަބު 10،800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކުރުމަށް އެންމެ ރަނގަޅު ކަމަށެވެ.

ދައުވާ ލިބޭ ހަމްޒާވެސް ވަނީ، އޭނާއަށް ވީހާވެސް ލުއި އަދަބެއް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ. އެގޮތުން ޖޫރިމަނާކުރުމުގެ އަދަބެއް ކަނޑައަޅައި ދިނުމަށް އޭނާ އެދުނެވެ.

އަދި އޭނާއަކީ މިހާރުވެސް ވަޒީފާއަދާކުރާ މީހެއްކަމަށާއި އަދި ޖޫރިމަނާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ހަމްޒާން އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށެވެ. ނަމަވެސް ޖަލު އަދަބު 10،800 ރުފިޔާގެ ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކުރައްވައި، އެ ފައިސާ ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށްވެސް އެނގި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.