Fri, 30 September, 2022, 5:16 pm

ހުޅުމާލެ ފޭސް 2ގައި އިންޓަނޭޝަނަލް ސްކޫލެއް ހަދަން އައިލެންޑާސް އަށް

ހުޅުމާލެ ފޭސް 2ގައި އިންޓަނޭޝަނަލް ސްކޫލެއް ހަދަން އައިލެންޑާސް އެޑިއުކޭޝަންއާ ހަވާލުކޮށްފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދުލީ ރަޝީދެވެ.

އެ ސްކޫލު އަޅަން އައިލެންޑާސް އަށް ދިނީ ކިހާ ވަރެއްގެ ބިމެއް ކަމެއް އަދި ކިހާ މުއްދަތެއް ކަމެއް އެޗްޑީސީއަކުން ނުބުނެ އެވެ. އަދި އެ ސްކޫލު ހަދައި ނިންމައި ހުޅުވޭނެ ތާރީހެއްވެސް ނޭނގެ އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ރާއްޖޭގައި މިހާރުވެސް ގެންދަނީ ހަތަރު ސްކޫލެއް ހިންގަމުންނެވެ. އޭގެ ތެރެއިން ތިން ސްކޫލަކީ އިންޓަނޭޝަނަލް ސްކޫލެވެ. އެއީ ކެންގަރޫ ކިޑްސް، އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އެވެ. އެ ކުންފުނިން ދެން ހިންގަނީ އަމީރު އަހުމަދު ޕްރީ ސްކޫލެވެ.

މި ސްކޫލުތަކުގެ ތެރެއިން އެންމެ ފަހުން ހުޅުވި ސްކޫލަކީ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލެވެ. އެއީ 2019 ވަނަ އަހަރެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ޕްރައިވެޓް ސްކޫލެއް ހިންގަން ވިލާ އެޑިއުކޭޝަނަލް ސާވިސްއަށްވެސް ބިމެއް ދޫކޮށްފަ އެވެ. ހަ ބުރީގެ އިމާރާތެއް ހަދައި ސްކޫލް ހިންގަން ހުޅުމާލޭގެ ފޭސް 1 އިން އެ ކުންފުންޏަށް ދީފައި ވަނީ 35،885 އަކަފޫޓުގެ ބިމެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.