Fri, 30 September, 2022, 5:09 pm

ހުމާއި ރޯގާ ފެތުރޭތީ، އޭޑީކޭގައި ވެސް ފުލޫ ކުލިނިކެއް ހުޅުވައިފި

މި ދުވަސްވަރު ހުމާއި ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ، އޭޑީކޭ ހޮސްޕިޓަލުގައިވެސް ފުލޫ ކުލިނިކެއް ހުޅުވައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ހުން އައިސްގެންނާއި ރޯގާ ޖެހިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީއަށާއި އީއާރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ހުން އައިސްގެން އަދި ރޯގާ ޖެހިގެން އެ ހޮސްޕިޓަލަށްދާ މީހުންނަށް ހާއްސަ ޖެނެރަލް އޯޕީޑީއެއް ހޮސްޕިޓަލުގެ ގޯތިތެރޭ ހުންނަ ހެލްތު ސެކްޓާ ބިލްޑިންގައި ހަދާފައިވާ ކަމަށް ބުންޏެވެ.

އެ ކުލިނިކުން ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 10 އަށް ހިދުމަތް ދޭނެ އެވެ.

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާތީ، އައިޖީއެމްއެޗުންވެސް ވަނީ ކުރީގެ އެފްއޭއެމް އިމާރާތުގައި ފުލޫ ކްލިނިކެއް ހުޅުވައިފަ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނީ، ވޭތުވެ ދިޔަ ތިން މަސް ދުވަހާ އަޅައިބަލާ އިރު، ހުމާއި ރޯގާ ފެތުރެމުންދާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް މާލެ ސަރަހައްދުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ އިތުރުވަމުން އަންނާތީ، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ވަނީ އަންގައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.