Thu, 20 January, 2022, 12:33 pm
ބީއެމްއެލްގެ ބައެއް މުވައްޒަފުން ---

އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ހަތަރު ވަނަ ފަހަރަށް ބީއެމްއެލް އަށް

Share on twitter
Share on facebook
Share on twitter
Share on facebook

އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު އެއް ކުންފުނީގެ އެވޯޑް، މިއަހަރުވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.

މިއީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް “އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް” ބީއެމްއެލްއަށް ލިބުނު ހަތަރު ވަނަ ފަހަރެވެ.

އެ އެވޯޑް ބޭންކާ ހަވާލުކޮށްފައި ވަނީ މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ބޭންކުން އޮންލައިންކޮށް ބައިވެރިވި އެ ހަފުލާގައި ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވެފައި ވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުހައްމަދު މާއިޒާއި ހެޑް އޮފް ބްރާންޗެސް އެންޑް ސާވިސް ސެންޓާސް، ހުސައިން ރަޝީދު އަދި ހެޑް އޮފް ކަސްޓަމަރު ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު އަލީ އެެވެ.

ބީއެމްއެލުން ބުނީ، އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަކަށް އެ ބޭންކު ހޮވުނީ ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

އަދި މުޅި ދުނިޔެއަށްވެސް ދިމާވި އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފައިވާ ކަމަށް ބުންޏެވެ.

އެވޯޑު ލިބުމާ ގުޅިގެން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ހަތަރު ވަނަ ފަހަރަށް މި އެޥޯޑް ލިމުބަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ކޮވިޑުގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސް އަށް ކުރި ނޭދެވޭ އަސަރާއެކު އެންމެ މުހިންމު އަމާޒަކަށްވީ ބޭންކުގެ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން. މި އެވޯޑް ބޭންކަށް މިފަހަރުވެސް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން.” ސަހާ ވިދާޅުވި އެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ދެވޭ އެވޯޑެކެވެ. ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް މި އެވޯޑްގެ ޖަޖިން ޕެނަލްގައި ހިމެނޭ އިރު، އެޗްއާރުގެ ދާއިރާއިން ހޯދައިފައިވާ ކާމިޔާބަށް ބަލައި ކުންފުނިތަކަށް އެވޯޑު ދެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.