Wed, 20 October, 2021, 5:49 am
ބަޔަކު މީހުން ފުރުމަށް އެއް ނަންބަރު ޖެޓީ ސަރަހައްދުގައި --- ހަފްތާ ފޮޓޯ

ޕީސީއާރާ ނުލައި 132 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ދީފި

Share on twitter
Share on facebook
Share on twitter
Share on facebook

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި ރަށްތަކުގެ އަދަދު 132 އަށް އަރައިފި އެވެ.

ރާއްޖޭގައި ކޮވިޑު ފެތުރެން ފެށުމާ އެކު, މާލެއިން ރަށްރަށަށް ދިއުމުގެ ހުއްދަ ފުރަތަމަ ދިނީ 14 ދުވަހަށް ކަރަންޓީނުވާ ގޮތަށެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ކަރަންޓީނަށް ލުއިދީ, ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓިނުވުމެއް ނެތި, މާލެއިން ރަށްރަށަށް ދެވޭ ގޮތް ހެދި އެވެ.

އެޗްޕީއޭ އިން މިހާރު ކަނޑައަޅާފައި އޮތީ, ވެކްސިން ޖެހުމުގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްތަކަށް ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތަށް ދަތުރު ކުރެވޭނީ މިމަހުން ފެށިގެންނެވެ.

އެޗްޕީއޭ އިން ހުއްދަ ދޭ ރަށްތަކަކީ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން އަދި 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކެވެ. އަދި އެ ރަށްތަކުގެ ތެރެއިން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ވަނީ ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސްވެފަ އެވެ.

ޕީސީއާރާ ނުލައި ދަތުރުކުރެވޭ ރަށްތައް:

  1. ހއ. އުލިގަމު
  2. ހއ. ކެލާ
  3. ހއ. ތަކަންދޫ
  4. ހއ. ވަށަފަރު
  5. ހއ. މާރަންދޫ
  6. ހއ. އުތީމު
  7. ހއ. މުރައިދޫ
  8. ހދ. ނެއްލައިދޫ
  9. ހދ. ކުމުންދޫ
  10. ހދ. ފިނޭ
  11. ހދ. ކުރިނބީ
  12. ހދ. ވައިކަރަދޫ
  13. ހދ. ހަނިމާދޫ
  14. ހދ. ނައިވާދޫ
  15. ހދ. ނޮޅިވަރަމްފަރު
  16. ށ. ނޫމަރާ
  17. ށ. ބިލެތްފަހި
  18. ށ. މަރޮށި
  19. ށ. މާއުނގޫދޫ
  20. ށ. ކޮމަންޑޫ
  21. ށ. ފޭދޫ
  22. ށ. ގޮއިދޫ
  23. ށ. ޅައިމަގު
  24. ށ. ކަނޑިތީމު
  25. ނ. ޅޮހި
  26. ނ. މަނަދޫ
  27. ނ. ހޮޅުދޫ
  28. ނ. މަގޫދޫ
  29. ނ. ހެނބަދޫ
  30. ނ. ކެނދިކުޅުދޫ
  31. ނ. ލަންދޫ
  32. ނ. މާފަރު
  33. ނ. ކުޑަފަރި
  34. ނ. ވެލިދޫ
  35. ނ. މާޅެންދޫ
  36. ރ. މަޑުއްވަރި
  37. ރ. އިންނަމާދޫ
  38. ރ. އިނގުރައިދޫ
  39. ރ. ކިނޮޅަސް
  40. ރ. އުނގޫފާރު
  41. ރ. އަނގޮޅިތީމު
  42. ރ. ރަސްމާދޫ
  43. ރ. ވާދޫ
  44. ރ. ރަސްގެތީމު
  45. ރ. މީދޫ
  46. ރ. އަލިފުށި
  47. ބ. ފެހެންދޫ
  48. ބ. ފުޅަދޫ
  49. ބ. ކެންދޫ
  50. ބ. ގޮއިދޫ
  51. ބ. ދޮންފަނު
  52. ބ. ކިހާދޫ
  53. ބ. ހިތާދޫ
  54. ބ. ދަރަވަންދޫ
  55. ބ. ތުޅާދޫ
  56. ބ. ކުޑަރިކިލު
  57. ބ. އޭދަފުށި
  58. ބ. މާޅޮސް
  59. ބ. ކަމަދޫ
  60. ޅ. ނައިފަރު
  61. ޅ. އޮޅުވެލިފުށި
  62. ޅ. ހިންނަވަރު
  63. ޅ. ކުރެންދޫ
  64. ކ. ހުރާ
  65. ކ. މާފުށި
  66. ކ. ހިންމަފުށި
  67. ކ. ގުޅި
  68. ކ. ދިއްފުށި
  69. ކ. ގުރައިދޫ
  70. ކ. ގާފަރު
  71. އއ. މަތިވެރި
  72. އއ. ތޮއްޑޫ
  73. އއ. ރަސްދޫ
  74. އއ. ފެރިދޫ
  75. އއ. އުކުޅަސް
  76. އދ. ދިގުރަށް
  77. އދ. މަހިބަދޫ
  78. އދ. ކުނބުރުދޫ
  79. އދ. އޮމަދޫ
  80. އދ. ދަނގެތި
  81. އދ. މާމިގިލި
  82. ވ. ރަކީދޫ
  83. ވ. ފެލިދޫ
  84. ވ. ފުލިދޫ
  85. ވ. ކެޔޮދޫ
  86. ވ. ތިނަދޫ
  87. މ. ކޮޅުފުށި
  88. މ. މުލައް
  89. މ. ރަތްމަންދޫ
  90. މ. ވޭވަށް
  91. މ. މަޑުއްވަރި
  92. މ. ދިއްގަރު
  93. މ. މުލި
  94. މ. ނާލާފުށި
  95. ފ. މަގޫދޫ
  96. ފ. ދަރަނބޫދޫ
  97. ފ. ނިލަންދޫ
  98. ފ. ފީއަލި
  99. ދ. ބަނޑިދޫ
  100. ދ. ކުޑަހުވަދޫ
  101. ދ. ރިނބުދޫ
  102. ދ. މާއެނބޫދޫ
  103. ދ. މީދޫ
  104. ދ. ހުޅުދެލި
  105. ތ. ތިމަރަފުށި
  106. ތ. ކިނބިދޫ
  107. ތ. އޮމަދޫ
  108. ތ. ވަންދޫ
  109. ތ. ވިލުފުށި
  110. ތ. ބުރުނި
  111. ތ. ގާދިއްފުށި
  112. ތ. ކަނޑޫދޫ
  113. ތ. ވޭމަންޑޫ
  114. ތ. ހިރިލަންދޫ
  115. ތ. ގުރައިދޫ
  116. ލ. ހިތަދޫ
  117. ލ. މުންޑޫ
  118. ލ. އިސްދޫ-ކަލައިދޫ
  119. ލ. މާބައިދޫ
  120. ލ. މާވަށް
  121. ލ. މާމެންދޫ
  122. ގއ. ވިލިނގިލި
  123. ގއ. ކަނޑުހުޅުދޫ
  124. ގއ. ކޮލަމާފުށި
  125. ގއ. މާމެންދޫ
  126. ގއ. ގެމަނަފުށި
  127. ގއ. ދެއްވަދޫ
  128. ގއ. ކޮނޑޭ
  129. ގއ. ނިލަންދޫ
  130. ގދ. ރަތަފަންދޫ
  131. ގދ. ފިޔޯރީ
  132. ޏ. ފުވައްމުލައް

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.