Wed, 20 October, 2021, 5:42 am

ކޮވިޑު އުފެދުނީ މީގެ ނުވަ އަހަރު ކުރިން!

Share on twitter
Share on facebook
Share on twitter
Share on facebook

ކޮވިޑް-19 ބަލިމަޑުކަން ދުނިޔެ ތަހައްމަލުކުރަމުން ދާތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ އިރު، ކޮރޯނާވައިރަސް އުފެދިގެން އައީ ކިހިނެއް ކަމެއް އަދިވެސް ނޭނގެ އެވެ. ވައިރަހުގެ އަސްލު ހޯދަން ސައިންސްވެރިން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ބެލެވިފައި އޮތީ ކޮވިޑު އުފެދުނީ ޗައިނާގެ ވުހާންގެ ލެބެއްގައި ކަމަށެވެ. ނަމަވެސް އެއީވެސް ތިއަރީއެކެވެ. އެކަމަށް ބާރު ލިބޭ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް، އެމެރިކާގެ ބައެއް ސައިންސުވެރިން މިހާރު ދެކޭ ގޮތް މުޅިން ތަފާތެވެ.

“ޔޫއެސް ބަޔޯސައިންސް ރިސޯސް ޕްރޮޖެކްޓް”ގެ ޑިރެކްޓަރު ޑރ. ޖޮނަތަން ލަތަމް ގަބޫލުކުރާ ގޮތުން، ކޮރޯނާވައިރަސް އުފެދިގެން އައީ މީގެ ނުވަ އަހަރު ކުރިންނެވެ. އަދި އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ކަމަށް ބެލެވެނީ ޗައިނާގެ މައިންއެއްގައި މަސައްކަތް ކުރާ މީހެއްގެ ފަރާތުންނެވެ. އެ މިހާ ބަލިވުމަށްފަހު ވައިރަހުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރަން ފޮނުވި ކަމަށާއި ވައިރަސް އިންސާނުންގެ ތެރެއަށް ފެތުރުނީ އެހިސާބުން ކަމަށް ބެލެވޭ ކަމަށް ލަތަމް ބުންޏެވެ.

ލަތަމް ބުނީ، އެ ތިއަރީއަށް އޭނާ ތާއީދު ކުރަނީ އެންމެ ފަހުގެ ދިރާސާތަކުގެ އަލީގައި ކަމަށެވެ. އެގޮތުން، ކޮވިޑުގެ އެންމެ ވަރުގަދަ އެއް ވޭރިއެންޓު ކަމަށްވާ “އަލްފާ” ވެރިއެންޓު އުފެދުނީ އެތައް މަހެއް ވަންދެން ކޮވިޑާ ހަނގުރާމަ ކުރި މީހެއްގެ ފަރާތުން ކަމަށް ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށާއި ދުނިޔެ މިހާރު މި ދަންނަ ކޮރޯނާވައިރަސް އުފެދެން ދިމާވީވެސް އެކަހަލަ ކަމެއް ކަމަށް ވެދާނެ ކަމަށް ބެލޭވެ ކަމަށް ބުންޏެވެ.

ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ފެތުރޭ ވޭރިއެންޓު ތަކަކީ ވަރަށް ބޮޑަށް މިއުޓޭޓް ވެފައިވާ ވޭރިއެންޓުތަކެއް ކަމަށް ސައިންސުވެރިން ހެކިވެ އެވެ. ލިތަމް ބުނީ، 2012 ވަނަ އަހަރު ޗައިނާގެ މައިނުގައި މަސައްކަތް ކުރަނިކޮށް ބަލިވި މީހުންގެ ފަރާތުންވެސް ފެނުނީ ދާދި އެއްކަހަލަ ސިފަތަކެއް ކަމަށެވެ. ވައިރަސް ފެތުރުނީ އެ ހިސާބުން ކަމަށް ބެލެވޭ ކަމަށާއި އެ ވައިރަސް ދެން ބަދަލުވީ “ސާޒް- ކޮރޯނާ ވައިރަސް-2” އަށް ކަމަށް ބުންޏެވެ.

2012 ވަނަ އަހަރު ޗައިނާގެ މައިނެއްގައި މަސައްކަތް ކުރި ހަ މަސައްކަތްތެރިންނަށް ކުއްލިއަކަށް ނިއުމޯނިއާ ފަދަ ބައްޔެއް ޖެހުނެވެ. އަދި އޭގެ ތެރެއިން ތިން މީހުން މަރުވި އިރު، ދެން ތިބި ތިން މީހުންނަށް ހަ މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.