Thu, 8 December, 2022, 10:17 am

ކޮވިޑުގައި މަރުވި މީހުންނާ ގުޅޭގޮތުން ސުވާލުކުރާތީ ބްރެޒިލްގެ ރައީސް “ފޫހިވެއްޖެ”

ކޮވިޑް-19 ބަލީގައި މަރުވި މީހުންނާ ގުޅޭގޮތުން ސުވާލު ކުރާތީ މިހާރު ފޫހިވެއްޖެ ކަމަށް ބްރެޒިލްގެ ރައީސް ޖެއާ ބޮލްސޮނަރޯ ވިދާޅުވެއްޖެއެވެ.

އެ ގައުމުގައި މިހާތަނަށް 600،00 މީހުން އެ ބަލީގައި މަރުވެފައި ވާއިރު، އެ ގައުމަކީ އެ ބަލީގައި ދެވަނައަށް އެންމެ ގިނައިން މީހުން މަރުވި ގައުމެވެ. ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ސައޯ ޕައުލޯ ސްޓޭޓުގެ ބީޗުގައި ހުންނަވަނިކޮށް، ނޫސްވެރިޔަކު އެމަނިކުފާނާ އެކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން ބޮލްސޮނަރޯ ޖަބާބު ދެއްވީ ސުވާލަކުންނެވެ.

އެގޮތުން، ބޮލްސޮނަރޯ ވަނީ ކޮވިޑުގައި މީހުން މަރު ނުވަނީ ކޮން ގައުމެއްގައިތޯ ސުވާލު އުފައްދަވާފައެވެ. އަދި އެތަނަށް ދުރުވީ އެކަހަ ސުވާލުތަކުން “ފޫހިވާން” ނޫން ކަމަށް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެށުނީއްސުރެވެސް ކޮވިޑަކީ ބައްޔެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ބޮލްސޮނަރޯ ބަލިމަޑުކަމާމެދު އަމަލު ކުރައްވާގޮތުން ގޮނަ ފާޑުކިޔުންތަކެއް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އަދި ގައުމުގައި އެންމެ ހަލުވިކޮށް ކޮވިޑު ފެތުރެމުން ދިޔަ ދުވަސްވަރުވެސް، އެ މަނިކުފާނު ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅަން ދެކޮޅު ހައްދަވާފައެވެ.

އޭގެ އިތުރުން، ކޮވިޑު ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސިޓީތައް ލޮކްޑައުންކޮށް، ރެސްޓްރިކްޝަންތައް އަޅަކުން ދިޔަ މޭޔަރުންނާއި ގަވަރުނަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުވެސް ދެމުން ދިޔައެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑު ވެކްސިނާ ދެކޮޅަށްވެސް ވާހަކަ ދައްކަވާފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.