Thu, 8 December, 2022, 2:13 pm
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު --- ފޮޓޯ: މަޖިލިސް އިދާރާ

ރައީސް ނަޝީދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދަށް ތާވަލުކުރެއްވި ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފިއެވެ.

މަޖިޅިހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު މިއަދު މެންދުރު 13:30 އަށް ހަމަޖެއްސެވި ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފައި ވާކަމަށެވެ. އަދި ކެންސަލް ކުރަން ޖެހުނީ މަޖިލިހުގެ އިދާރާއިން ކަރަންޓު ކެންޑުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯދެއްވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އެމަނިކުރާނު ރާއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖޭގައި ހުންނަވާނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

މިއަދުގެ މިޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސް ނަޝީދެވެ. އަދި މިއި ހަމަލާއަށް ފަހު ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރުވެސް މެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.