Wed, 20 October, 2021, 5:24 am

ޕްރޮޖެކްޓުތައް އަވަހަށް އަދި ކާމިޔާބު ކަމާއެކު ނިންމުމަށް އެމްޓީސީސީގެ ފްލީޓު ބޮޑުކޮށްފި

Share on twitter
Share on facebook
Share on twitter
Share on facebook

ޕްރޮކެޓުތައް އަވަހަށް އަދި ކާމިހާބުކަމާއެކު ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލީޓު ބޮޑުކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ ކުންފުނީގެ ފްލީޓަށް 30 ޓަނުގެ 10 ކޮބެލްކޯ އެކްސްކެވޭޓަރާއި، 25 ޓަނުގެ 15 ޑަމްޕް ލޮރީއާއި ލޯޑަރު އިތުރުކޮށްފައި ވާކަމަށެވެ.

ފްލީޓު އިތުރުކުރީ އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތައް އަވަހަށް އަދި ކާމިޔާބުކަމާއެކު ނިންމުމަކަށް ޓީމަށް ބޭނުންވާ މެޝިނަރީގެ ކެޕޭސިޓީ އިތުރު ކުރުމަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން މިހަރުވެސް ގިނަ ރަށްރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތަކާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫރުތައް ހިންގަމުން ދެއެވެ. އަދި އޭގެ އިތުރުންވެސް ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން އަންނަނީ ހިނގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.