Wed, 20 October, 2021, 5:15 am

ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކު ބުލެކްމެއިލް ކުރަން ފެށީ ޕަބްޖީން އުފެދުނު އެކުވެރިކަމުން

Share on twitter
Share on facebook
Share on twitter
Share on facebook

ކުޑަ ފިރިހެން ކުއްޖަކު އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މީޑިއާއަށް ހާމަކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މައްސަލައަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން އެކަމުގެ އިތުރު ތަފުސީލެއް ފުުހުން ހާމައެއްނުކުރެ އެވެ.

ނަމަވެސް އެކަމުގެ ތަފުސީލު ހޯދުމަށް “ހަފްތާ” އިން ކުރި މަސައްކަތުން އެކަން ހިނގާފައި ވަނީ ގއ. އަތޮޅުގެ ރަށެއްގައި ކަމަށާއި ބްލެކްމެއިލް ކުރަމުން ދިޔައީ 14 އަހަރުގެ އަންހެން ކުއްޖަކަށްކަން އެނގިފައިވެ އެވެ.

އަންހެން ކުއްޖާގެ ބޮޑުބޭބެއެއް “ހަފްތާ” އަށް ކިޔައިދިން ގޮތުގައި، އެ ކުއްޖާ ބްލެކްމެއިލް ކުރަމުންދާ ފިރިހެން ކުއްޖާއާ ރަހުމަތްތެރިވީ ޒުވާނުންގެ މެދުގައި މަގުބޫލު ގޭމެއް ކަމަށްވާ، “ޕަބްޖީ” ކުޅުމުގެ ތެރެއިންނެވެ. އަދި އެ ފިރިހެން ކުއްޖާއަކީ އެ ރަށުގައި އުޅޭ ކުއްޖެއް ކަމާއި ދަނީ އެއް ސްކޫލަކަށް ކަމަށްވެސް ބުންޏެވެ.

އަދި ޕަބްޖީ ކުޅެގެން އުފެދުނު ރަހުމަތްތެރިކަމުން ދެމީހުންގެ ނަމްބަރުވެސް ބަދަލުކުރި ކަމަށް ބޮޑުބޭބެ ބުންޏެވެ. ނަމަވެސް ފަހުން އަންހެން ކުއްޖާގެ ނާޖާއިފު ފައިދާ ހޯދަން މަސައްކަތްކޮށް، މަރާލާނެ ކަމަށް ބުނެ ބިރު ދައްކަން ފެެށި ކަމަށް އަންހެން ކުއްޖާގެ ބޮޑުބޭބެ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އާއިލާއަށް އެކަން އެނގުނީ އަންހެން ކުއްޖާ، “ގަބުވެފައި” ހުންނަކަން އެ ކުއްޖާގެ މަންމައަށް ފާހަގަކުރެވިގެން ސުވާލު ކުރުމުންނެވެ. އަދި އާއިލާއަށް އެކަން އެނގުމުން ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް އަދި ރަށު ސްކޫލަށް އެ މައްސަލަ ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ހުށަހެޅިތާ ތިން ދުވަސް ފަހުންވެސް އެއްވެސް ފިޔަވަޅެއް ނާޅާތީ ކަންބޮޑުވުން ފާޅުކޮށް، ހެދުމުން ދެކުދިންގެ ބަޔާން ފުލުހުން ނެގި ކަމަށް ބުންޏެވެ.

އެ މައްސަލައިގައި އިތުރު ފިޔަވަޅެއް ފުލުހުން އެޅި ކަމެއް ނޭނގެ އެވެ. ނަމަވެސް އަންހެން ކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފައިވާ ކަމަށް އެކުއްޖާގެ އާއިލާއިން ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.