Thu, 8 December, 2022, 2:36 pm
ކޮވިޑުގައި މަރުވާ މީހުން ވަޅުލުމަށް ވަޅު ކޮންނަނީ -- ހަފްތާ ފޮޓޯ

އައިޖީއެމްއެޗަށް ވިހެއި އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ

އައިޖީއެމްއެޗަށް ވިހެއި އެއްމާބަނޑު ތިން ފިރިހެން ކުއްޖަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގައި އުޅޭ އައްޑޫ ސިޓީ ހިތަދޫގެ ދެމަފިރިއަކަށް ލިބުނު އެ ތިން ކުދިން ނިޔާވީ ބަނޑަށް ފަސް މަހުގައި އުފަންވެ، އެންއައިސީޔޫއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަދި މިއަދުގެ އަސަރު ނަމާދަށްފަހު ތިން ކުދިންގެ ޖަނާޒާ ވަނީ ބާއްވައިފަ އެވެ.

ކުދިންގެ ބައްޕައާ ހަވާލާދީ “މިހާރު” ނޫހުގައި ބުނެފައިވާ ގޮތުން، ތިން ކުދިން އުފަންވުމާ ހަމައަށްވެސް އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އަދި މިއަދު ހެނދުނާ ހަމައަށްވެސް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ.

ނަމަވެސް ކުދިން ވިހަން ޖެހުނީ، ކުދިން ބޮޑުވާނެ ޖާގަ ނުލިބިގެން ޕްރެޝާ ވެގެން ވޯޓާ ބޭގު ފަޅައިގެން ދިއުމުން ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ކުއްޖާގެ ބައްޕަ ބުނެފައިވެ އެވެ. ވިހެއުމަށް ފަހު އަނބިމީހާގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ ހަ އަހަރު ކުރިން ކައިވެނި ކުރި އެ ދެމަފިރިންނަށް ފަސް އަހަރުގެ އަންހެން ކުއްޖަކުވެސް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.