Wed, 20 October, 2021, 6:10 am
ރައީސް ސޯލިހާއި ރައީސް ނަޝީދު ---

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް ނެތް ހާލަތެއްގައި އަޅުގަނޑު ރާއްޖޭގައި ހުންނާނެ: ނަޝީދު

Share on twitter
Share on facebook
Share on twitter
Share on facebook

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް ނެތް ހާލަތެއްގައި އަޅުގަނޑު ރާއްޖޭގައި ހުންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށްފަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް ނެތް ހާލަތެއްގައި ގައުމާ ހަވާލުވެ ވަޑައިގަންނަވަން ޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށްވާ އިރު، ރާއްޖޭން ބޭރުގައި ދިގު މުއްދަތަކަށް ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އެމަނިކުފާނު ރާއްޖޭގައި ހުންނަވާނެ ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެތިއްޖެ ހާލަތެއްގައި އަޅުގަނޑު މި ރަށުގައި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ތިބޭފުޅާއަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވަން” ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިފަހަރު ރާއްޖެ ވަޑައިގެންނެވީ މެދުކެނޑުމެއްނެތި ރާއްޖޭގައި ހުންނަވާ ގޮތަކަށް ނޫން ކަމަށެވެ. އަދި ބޭސް ފަރުވާއަށާއި އެހެނިހެން ކަންކަމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރައީސާއި ނައިބް ރައީސަށް، އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ނުކުރެވޭފަދަ ހާލަތެއް ވަގުތީ ގޮތުން މެދުވެރިވެއްޖެނަމަ، ރައީސް ނުވަތަ ނައިބު ރައީސަށް އެ މަސައްކަތާ އަލުން ހަވާލުވެވެންދެން، ވަގުތީ ގޮތުން އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހަވާލުވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.

މަޖިލީހުގެ ރައީސްއަށް އެކަމާ ހަވާލުވެވެން ނެތްނަމަ، އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށާއި، މަޖިލީހުގެ ނައިބު ރައީސަށް އެކަމާ ހަވާލުވެވެން ނެތްނަމަ، އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.