Wed, 20 October, 2021, 5:01 am

އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތުގެ މައްޗަށް ދައުވާ ކުރަނީ

Share on twitter
Share on facebook
Share on twitter
Share on facebook

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި، ޒިޔަތުގެ މައްޗަށް ދައުވާ ކުރަނީ އެމްޓީސީސީގެ ބޭނުމަށް ބިދޭސީން ރިކްރޫޓު ކުރުމަށް ޖޫން، 2017ގައި ޖޮބް އޯޑަރު ހަދައި، އެމްޓީސީސީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ފޮނުވައި، އެ މަސައްކަތް ހަވާލުކުރުމަށްފަހު، އެ މަސައްކަތް ހަވާލުކުރި ގޮތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަން ފެށުމާ ގުޅިގެން އެ އޯޑަރު ކެންސަލް ކުރުމަށްފަހު އަލުން އެ ޖޮބް އޯޑަރުގައިވާ 53 ބިދޭސީން ނެގުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހުގައި ކަމަށެވެ.

އެ މައްސަލައިގައި ޒިޔަތުގެ މައްޗަށް ކުރަނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ ބިދޭސީން ރިކްރޫޓު ކުރުމަށް 2017 ވަނަ އަހަރު 15 ކުންފުންޏަކުން އެމްޓީސީސީއާއެކު އެއްބަސްވުން ހަދާފައި ވާކަމަށެވެ. އެހެން ނަމަވެސް، ކުންފުނިތަކަށް ޖޮބް އޯޑަރު ދިނުމަށް އެމްޓީސީސީން އަމަލުކުރަމުންދާ އުސޫލާ ހިލާފަށް ދެ ކުންފުންޏަކަށް ވަކިން ޖޮބް އޯޑަރު ފޮނުވާފައި ވާކަމަށް ފާހަގަ ވެފައި ވާކަމަށް ބުންޏެވެ.

އެގޮތުން، ވަކިން ޖޮބް އޯޑަރު ފޮނުވާފައި ވަނީ އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ޖޮބް އޯޑަރު ހެދުމަށް ހުއްދަ ދީފައި ވަނީ ޒިޔަތު ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީް ބުނީ އެ ޖޮބް އޯޑަރަކީ 15 އެޖެންސީއަކާއެކު އެއްބަސްވުން ގާއިމްކުރުމަށްފަހު، އެމް.ޓީ.ސީ.ސީން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާގުޅިގެން ކެންސަލް ކުރުމަށް ފަހު ތައްޔާރު ކޮށްފައިވާ ދެވަނަ އޯޑަރުކަމަށެވެ. އަދި އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފަށް އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުން ގެނައުމަށް ހަދާފައިވާ ހާއްސަ އޯޑަރެއް ކަމަށާއި، އެ އޯޑަރު ހަދާފައި ވަނީ އެ ދެކުންފުންޏަށް ނާޖާއިޒު ފައިދާ ވާގޮތަށް ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން، ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމާ ގުޅޭ އުސޫލުތަކަށް އިމިގްރޭޝަން އިން ބަދަލުގެނައުމާ ގުޅިގެން އެމް.ޓީ.ސީ.ސީ އާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ ޢަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެކަމަށް އޮތް ނަމަވެސް، އެ ދެ ކުންފުންޏަށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ ހުއްދައެއް ދީފައި ވާކަމަށް އެމްޓީސީސީން ދިން ލިޔުމުގައި ބަޔާންކޮށްފައި ވާކަމަށް ބުންޏެވެ.

އެ ހާއްސަ ޖޮބް އޯޑަރުގެ ދަށުން އެ ދެ ކުންފުނިން ވަނީ 33 ބިދޭސީން ރާއްޖެ ގެނެސްފައި ކަމަށް އޭސީސީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.