Wed, 20 October, 2021, 5:10 am
އެމްޑަބްލިޔުއެސްސީގެ ފެން ބިލްޑިންގް --- ހަފްތާ ފޮޓޯ: މުހައްމަދު ހައްޔާން

6 ލައްކަ ރުފިޔާގެ ބިލަކީ އެމްޑަބްލިޔުއެސްސީން ފޮނުވި ބިލެއް ނޫން

Share on twitter
Share on facebook
Share on twitter
Share on facebook

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 6 ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވި ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެންބިލު އާދަޔާ ހިލާފަށް ބޮޑުވެފައި ވާކަމަށް ފާހަގަ ކުރެވިގެން، މި ފަހަކުން އެމްޑަބްލިޔުއެސްސީން ވަނީ އާންމުން އެކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި އެފަދަ މައްސަލައެއް ފާހަގަ ވާނަމަ އެ ކުންފުންޏަށް އެންގުމަށް އެދިފައި ވެއެވެ.

އެމްޑަބްލިޔުއެސްސީން އެގޮތަށް އަންގާފައި ވަނިކޮށް، އެ ކުންފުނިން ފޮނިވި ކަމަށް ބުނާ 6 ލައްކަ ރުފިޔާގެ ފެން ބިލެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ، އެ ބިލަކީ އެ ކުންފުނިން ފޮނުވާފައިވާ ބިލެއް ނޫން ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ހިޔާ ފްލެޓުތަކުގައި އާދަޔާ ހިލާފަށް ފެންބިލު ބޮޑުވެފައި ވާކަމަށް ފާހަގަ ވެފައިވާ ފަރާތްތަކަށް ބިލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އާދަޔާ ހިލާފަށް ފެންބިލު ބޮޑުވެފައި ވާކަމަށް ފާހަގަވާ ފްލެޓުތަކުގެ ވެރިފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަމަށް ބުންޏެވެ.

ފެންބިލުތަކުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަ ކުރެވޭނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރި 105 އަށް ގުޅުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ. އަދި ފެން ބިލު ބޮޑުވުމަށް ދިމާވާ އެއް ސަބަބަކީ ފެން ވަޔަރިން، ވޭލުތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށް ފާހަގަކޮށް، ފްލެޓު ތަކުގައި އެފަދަ މައްސަލައެއް އުޅޭތޯ ބަލައި، އެކަމަށް ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން މީގެ ކުރިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން، ފެން ލީކެއް އުޅޭތޯ އަމިއްލަށް ޔަގީން ކުރުމަށް ގޭގެ ހުރިހާ ވޭލަކާއި އިސްކޫރެއް ބާރު ކުރުމަށް ފަހު، މީޓަރު އެންބުރޭތޯ ބެލު އެމްޑަބްލިޔުއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް މީހުން ދިރިއުޅެން ނުފަށާ ފްލެޓުތަކުގައިވެސް އެފަދަ މައްސަލައެއް އުޅޭތޯ ބެލުމަށް އެމްޑަބްލިޔުއެސްސީން އިލްތިމާސް ކުރެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އަދި އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.