Fri, 21 January, 2022, 6:17 am
ޖީއެމްއާރާ އެއާޕޯޓް ހަވާލުކޮށް އެތަނުގައި މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއް ---

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާ: އަމީރު

Share on twitter
Share on facebook
Share on twitter
Share on facebook

އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަތުލުމަކީ އިގުތިސާދީ ގޮތުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓް އަތުލުމުން އާބިޓްރޭޝަނަށް ގޮސް ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމަށް ދަރަނި ނެގުމުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ޖާގަ ނުދެވުނު ކަމަށް ވިދާޅުވި އެވެ.

“ޖީއެމްއާރާއެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓްގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔައިރުވެސް މިދަނީ ކުރަމުން. ޖީއެމްއާރާ އެކު އެއާޕޯޓް ތަރައްގީކޮށް 2014 ގައި ނިމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް،” މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު ކަމަށެވެ. އަދި މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާއަކާއި އެތައް އާއިލާއަކަށް ގެންލިގެން ދިޔަ އާމްދަނީއެއް ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި، އެއާޕޯޓް 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ މިދިޔަ އަހަރު ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށްވުރެ ބޮޑު އިގުތިސާދަކާ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އެ އެއްބަސްވުން އެމަނިކުފާނުގެ ވެރިކަން ވެއްޓުމާއެކު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލި އެވެ. އޭގެ ފަހުން އެންމެ ކުރިއެކޭ އެއްގޮތަށް އެއާޕޯޓް ހިންގަމުން އަންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.

ދިވެހި ސަރުކާރުން އެއްބަސްވުން އުވައިލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 250 މިލިއަން ޑޮލަރު ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 2016ގައި ޖީއެމްއާރަށް ދިވެހި ދައުލަތުން 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދެއްކި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.