Fri, 21 January, 2022, 8:05 am
100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަށް މީހުން.-- ފޮޓޯ: ޕޮލިސް

100 ކިލޯގެ ޑުރަގް މައްސަލަ: ހައްޔަރުކުރި އަށް މީހުންގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފި

Share on twitter
Share on facebook
Share on twitter
Share on facebook

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން 100 ކިލޯގެ ޑުރަގް މައްސަލައިގައި ހައްޔަރުކުރި އަށް މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑުރަގް އެތެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 10 މީހުންގެ ތެރެއިން އަށް މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ނ. ވެލިދޫ/ ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި ގއ. ކޮލަމާފުށި/ ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) އާއި ލ. ކަލައިދޫ/ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ) ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ.

ދެން ހައްޔަރުކުރި މީހުންގެ ތެރެއިން ހދ. ކުމުންދޫ/ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ/ ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް، ޑީއެމް މޮބިން (24އ) ވަނީ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފަ އެވެ.

100 ކިލޯގެ ހެރޮއިން ފޮރުވާފައި ހުރި ފަޅުރަށް، އދ. ބޮޑުކާށިހުރާ —

އަދި ގއ. ދެއްވަދޫ/ ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވަނީ ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.

މި އަށް މީހުންގެ އިތުރުން މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ. އެމީހުންނަކީ ޑުރަގް ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރާ ދެ މީހުންނެވެ.

އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން ވަނީ އެދިފަ އެވެ. ނަމަވެސް އަދި ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެއާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ ނަމަވެސް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.