Fri, 21 January, 2022, 8:01 am
މަތީ ސާނަވީ ތައުލީމު ނިންމައި، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުސަތުތައް ފަހަތުން އަންނަފަދަ ބަޔަކަށްވުމަށް: ރައީސް

Share on twitter
Share on facebook
Share on twitter
Share on facebook

މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުސަތުތައް ފަހަތުން އަންނަފަދަ ބަޔަކަށްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމައި، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ގަރުނުގެ ތައުލީމު އަމާޒުހިފާފައި ވަނީ މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް ދަރިވަރުން ތައްޔާރު ކުރުމަށް ކަމަށެވެ.

އެގޮތުން، ޓެކްނޮލޮޖީގެ މި ޒަމާނުގައި ވަޒީފާއަކީ ވަކި މީހަކު ދޭ އެއްޗެއް ނޫން ކަމަށާއި، އެއީ އަމިއްލައަށް އުފަންކުރާ އެއްޗެއްކަމަށް ވެފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުސާރައަކީވެސް އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް އަމިއްލައަށް ކަނޑައަޅާ އެއްޗެއް ކަމަށާއި އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާ އުފެއްދުންތައް ނެރެވޭނެފަދަ ވިސްނުންތައް އުފަންކުރުމުގެ ގާބިލުކަން ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ފެންނަނީ ތައުލީމީ ހަޔާތް ނިންމާލުމަށް ފަހު ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން ކަމަށެވެ. އަދި އެކަމަށް ދިމާވާ ސަބަބަކީ ވަކި ވަޒީފާއަކަށް އަމާޒުކޮށް ހަމައެކަނި ސެޓިފިކެޓު ހާސިލުކުރުމައްޓަކައި ތައުލީމީ ހަޔާތް ހޭދަކުރުން ކަމަށް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ވާންވީ ވަޒީފާތަކާއި މުސާރައިގެ ފުރުސަތުތައް ފަހަތުން އަންނަ ފަދަ ބަޔަކަށް ކަމަށް ރައީށް ވިދާޅުވިއެވެ. އަދި ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި އެ ކުއްޖެއްގެ ހުނަރާއި ފަންނުވެރިކަމުގެ ދާއިރާއިން އީޖާދީ ވިސްނުންތައް ތަރައްގީ ކުރުމަށް ވިސްނުން ބެހެއްޓުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

“މިޒަމާނުގެ ތަރައްގީއާއި ކުރިއެރުން ހާސިލުކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މުދައްރިސުންނާއި ބެލެނިވެރިންވެސް މިކަންކަމަށް ވިސްނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކިޔަވައިދީގެ މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ތަރައްގީ ކުރުމަށް މަސައްްކަތް ކޮށްދިނުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.