Thu, 20 January, 2022, 1:10 pm
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ---

ނަޝީދުގެ ވެރިކަން ވައްޓާލަން ޑުރަގް ބޮޑުންގެ އެހީ ހޯދި، ޔާމީން އެމީހުންނަށް ބަދަލު ދިން: އިލްޔާސް

Share on twitter
Share on facebook
Share on twitter
Share on facebook

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް ޑުރަގް ނެޓްވޯކުތަކާއެކު އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން މަސައްކަތް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އިލްޔާސް އެގޮތަށް ވިދާޅުވީ، ޑުރަގުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން މުޖުތަމައުއަށް ދޫވާ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އިލްޔާސް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމަށް ވަޑައިގެންނެވި އިރު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ޑުރަގަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުން ކަމަށެވެ. އެގޮތުން ޑުރަގު އެތެރެކުރުން ހުއްޓުވުމާއި ބޭނުންކުރާ ފަރާތްތައް ރިބެލިޓޭޓް ކުރަން ފެއްޓެވި ކަމަށާއި އަދި ޝަރުއީ ދާއިރާގެ ތެރެއިން ޑުރަގު އެތެރެކުރާ މީހުން ދޫވުމާއި އެމީހުންނަށް ލުއި އަދަބު އޮންނާތީ އެކަން ހައްލުކުރުމަށް ގާނޫނީ އިސްލާހު ކުރައްވައި، ޑުރަގު މައްސަލަތައް ބެލުމަށް ޑުރަގް ކޯޓެއް އުފެއްދެވި ކަމަށްވެސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި އޭރު އުޅުނު ޑުރަގް ބޮޑުންގެ ގޮތުގައި ފާހަގަވި ފަސް މީހުން ހޯދައި، އެމީހުންނަށް ދައުވާކުރަން ފެށުމުން އިދިކޮޅާ ގުޅިގެން އެމަނިކުފާނުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަަމަށެވެ. އަދި ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި އެމީހުންނަށް އޭގެ ބަދަލުދިން ކަމަށް ވިދާޅުވިއެވެ.

“ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމާ ހަވާލުވެ ރައީސް ޔާމީންގެ ސަރުކާރުގައި މި ޑުރަގް ނެޓްވޯކުގައި މަސައްކަތްކުރި މީހުންނަށް ބަދަލުދީ، ލާރި ދީ، މި މީހުންނަށް ސިޔާސީ މަގާމުދީ، މުޅި މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި މި ނެޓްވޯކުތައް ގާއިމުވެފައި ހުރިތަން ފެނިގެންދިޔަ،” އިލްޔާސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.