Fri, 21 January, 2022, 6:21 am
19 އޮގަސްޓް 2021, ޕްރޮސިކިއުޓާ ޖެނެރަލް ޝަމީމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ހަފްތާ

100 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ދެ ބޮޑުން ދޫކުރި މައްސަލަ އިސްތިއުނާފު ނުކުރާނެ!

Share on twitter
Share on facebook
Share on twitter
Share on facebook

ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ނަމަވެސް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރާން ނިންމާފައިވަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިމަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ޑުރަގް ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ.

އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދުނު ނަމަވެސް، އެ އޮފީހުން މިއަދު ބުނީ ދެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލަ އިސްތިއުނާފު ނުކުރާން ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ސަބަބަކީ ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ އާއި ދަށުކޯޓަށް ހުށަހެޅުނު ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެ ކަމަށް ނުފެނުމެވެ.

ދެވަނަ ސަބަބަކީ ދޫކޮށްލި ދެމީހުންގެ މައްޗަށް އިތުރު ހެކި ގަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އާ އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތުމެވެ.

މި މައްސަލައިގައި މިވަގުތު ހައްޔަރުގައި ތިބީ ނ. ވެލިދޫ/ ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި ގއ. ކޮލަމާފުށި/ ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) އާއި ލ. ކަލައިދޫ/ ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ) އާއި ހދ. ކުމުންދޫ/ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ/ ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)ގެ އިތުރުން ގއ. ދެއްވަދޫ/ ދޭލިޔާގެ މިދުހަތު އިބްރާހީމް އެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެއާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ ނަމަވެސް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.