Mon, 29 November, 2021, 5:05 pm
ވައި ބާރު ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ --- ހަފްތާ ފޮޓޯ

2015ގައި ހެދި ގަވާއިދު ތަންފީޒު ކުރަން ފަށައި، ލައިފް ޖެކެޓް ނެތްނަމަ ސީ ވާދިނަސް ބާތިލުކުރަނީ

Share on twitter
Share on facebook
Share on twitter
Share on facebook

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގައި ބުނާ ގިނަ ކަންތައްތަކެއް އަންނަ އަހަރުގެ ޖަނަވަރީ 16ގެ ކުރިން ފުރިހަމަކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަކީ ޑިސެމްބަރު 28، 2015ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށް އަމަލުކުރަންޖެހޭ ގަވާއިދެކެވެ. ނަމަވެސް އެކަން ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ކޮށްފައެއް ނުވެ އެވެ.

އެކަމުގެ ސަބަބުން ފާއިތުވި ހަފުތާ ތެރޭގައިވެސް ކަނޑުމަތީގެ ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައި ވަނިކޮށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކަނޑު ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގައި ބުނާ 11 ކަމެއް އަންނަ ޖަނަވަރީގެ ކުރިން ފުރިހަމަކުރުމަށް އަންގައިފަ އެވެ.

އަދި އެކަންތައްތައް ފުރިހަމަ ކޮށްފައިނުވާނަމަ އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލު ކުރާނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ފުރިހަމަކުރަން އެންގި ކަންތައްތައް:

  1. “އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް” ހެއްދުން
  2. “ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް” ހެއްދުން
  3. “ސުވޭޖް ސެޓްފިކެޓް” ހެއްދުން
  4. “އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން” ނެގުން
  5. ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮތުން
  6. ބޮޔަންޓް އެޕަރޭޓަސް ހުރުން
  7. ވެސެލް ޓްރެކިން ޑިވައިސް ހަރުކުރުން
  8. އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން
  9. ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން
  10. މުއާސަލާތީ އާލާތްތައް ހުރުން
  11. ގަވާއިދުގެ ބުނާ މިންގަނޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން

 

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.