Tue, 4 October, 2022, 12:37 pm
ސްޓެލްކޯގެ ވޯކްޝޮޕުން އެސެމްބަލް ކުރި ފުރަތަމަ ޖަނަރޭޓަަރު ސެޓް ހަންޏާމީދޫގައި ---

ސްޓެލްކޯގެ ވޯކްޝޮޕުން އެސެމްބަލް ކުރި ފުރަތަމަ ޖަނަރޭޓަަރު ސެޓް ހަންޏާމީދޫއަށް

މިމަހުގެ އިފުތިތާހު ކުރި ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯ އިން އެސެމްބަލް ކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް އދ. ހަންޏާމީދޫއަށް ގެންގޮސްފި އެވެ.

ސްޓެވޯއިން ވަނީ އެސްޓީޑަބްލިޔުގެ ތިން މޮޑަލެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަސް ތައާރަފުކޮށްފަ އެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އަދި އެސްޓީޑަބްލިޔު 800 އެވެ.

ހަންޏާމީދޫއަށް ފޮނުވާފައިވަނީ މި ޖަނަރޭޓަރު ސެޓަކީ 300kVAގެ އެސްޓީޑަބްލިޔު 300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.

ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ވޯކްޝޮޕުން އެސެމްބަލް ކުރާ ޖަނަރޭޓަރު ސެޓުތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް ލޯކަލް ވޮރަންޓީއާއި އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ވޯކްޝޮޕް އިފުތިތާހު ކުރުމަށް މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ، ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން ފާހަގަކުރައްވައިފަ އެވެ.

އަދި ސްޓެވޯއިން އެސެމްބަލް ކުރާ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަންޖެހޭ ސްޕެއާއެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލުކޮށްދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.