Sat, 22 January, 2022, 8:07 pm
ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯއިން އެސެމްބަލްކޮށް ބާޒާރަށް ނެރުނު އެސްޓީޑަބްލިޔު 300 މޮޑެލްގެ ޖަނަރޭޓަރެއް ---

ސްޓެވޯއިން ތިން މޮޑަލްއެއްގެ ޖަނަރޭޓަރު ބާޒާރަށް ނެރެފި، ވޮރަންޓީ އާއި އާފްޓާ ސޭލްސް ސާވިސް ދޭނެ

Share on twitter
Share on facebook
Share on twitter
Share on facebook

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އަމިއްލަ ވޯކްޝޮޕް، ސްޓެވޯއިން ތިން މޮޑަލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ސްޓެލްކޯ އިން ހަކަތަ އުފައްދާ ސިސްޓަމްތަކުގެ ސިނާއަތަށް ނުކުމެ، އެކުންފުނީގެ ވޯކްޝޮޕް ހުޅުވީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި އެތަނުން ޕަވާ ސިސްޓަމް ޑިޒައިން ކުރުމާއި ޕަވާ ޖަނަރޭޓަރު ސާވިސަސް އަދި ޖަނަރޭޓާ އެސެމްބްލި ހިދުމަތުގެ އިތުރުން، ޖަނަރޭޓަރު ސާވިސަސްގެ ހިދުމަތް ލިބެ އެވެ.

އޭގެ އިތުރުން އާރްއޯ ފްލާންޓް އެމްސެމްބްލީގެ ހިދުމަތާއި އަލްޓްރަސޮނިކް ކްލީނިން ހިދުމަތާއި އޯލްޓަނޭޓާ އެންޑް މޮޓޯ ސާވިސަސްގެ ހިދުމަތްވެސް އެ ވޯކްޝޮޕުން ދެ އެވެ.

ސްޓެލްކޯ އިން ބުނީ، ސްޓެވޯ އިން އެސްޓީޑަބްލިޔުގެ ތިން މޮޑަލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައިވާ ކަމަށެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އަދި އެސްޓީޑަބްލިޔު 800 އެވެ.

ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ވޯކްޝޮޕުން އެސެމްބަލް ކުރާ ޖަނަރޭޓަރު ސެޓުތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް ލޯކަލް ވޮރަންޓީއާއި އާފްޓާ ސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ވޯކްޝޮޕް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ، ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން ފާހަގަކުރައްވައިފަ އެވެ.

ސްޓެވޯއިން އެސެމްބަލް ކުރާ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަންޖެހޭ ސްޕެއާއެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލުކޮށްދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.